ކުއްލި ޚަބަރު

ކާށިދޫ ބޯޓެއް ފަރަށް އަރައި ބިދޭސީއަކު މަރުވެއްޖެ

ބީއެމްއެލް އިން ޕޭއެމްވީ ކިއުއާރު ޓްރާންސްފާ ހިދުމަތް ފަށައިފި

ޠައިބާ މިސްކިތަށް ގެއްލުންދިން މީހާ އާއިލާއާ ހަވާލުކޮށްފި

އެޓޯލް ޗެމްޕިއަންޝިޕް އުތުރު ރީޖަންގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ޓީމު ކުޅުދުއްފުއްޓަށް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޯލް ޗެމްޕިއަންޝިޕް 2025/26 އުތުރު ރީޖަންގެ ހދ.އަތޮޅު ޗެމްޕިއަންކަން ޓީމު ކުޅުދުއްފުށި ހޯދައިފިއެވެ.

ވާދަވެރި ކުޅުމަކަށް ފަހު، ކުޅުދުއްފުށި ޓީމުން މިއަދުގެ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ހަނިމާދޫ ޓީމާއި ވާދަކޮށް 3-1 ގެ ތަފާތަކުން މޮޅުވެގެންނެވެ.

މިގޮތުން މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 22:30 ވަނަ މިނެޓުގައި ކުޅުދުއްފުށި ޓީމުގެ މުޙައްމަދު މުންސިފް އެވެ. އަދި ދެންވެސް މެޗުގެ 58:32 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ ކުޅުދުއްފުށީ ކުޅުންތެރިޔާ މުޙައްމަދު ޝިފާން ފޮނުވާލި ބޯޅަ ހަނިމާދޫ ކީޕަރުގެ އަތުގައި ޖެހިފައެވެ.

މި މެޗުގައި ހަނިމާދޫ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 63:03 ވަނަ މިނެޓުގައި، އެ ޓީމުގެ ކުޅުންތެރިޔާ އަލީ ހުސެއިން (ދަނގަޑޭ) އެވެ.

މީގެ އިތުރުން މިއަދުގެ ފައިނަލް މެޗުގެ ފަހު ވަގުތުތައް ގުނަމުން ދިއައިރު، މެޗުގެ 92:36 މިނެޓުގައި ކުޅުދުއްފުށި ޓީމުގެ މުންސިފް ގޯލާއި ދިމާލަަށް ފޮނުވާލި ބޯޅަ ކާމިޔާބުކޮށްފައި ވަނީ ހަމަ އެ ޓީމުގެ މުޙައްމަދު ޒައިދު އެވެ. ޒައިދު މި ލަނޑު ކާމިޔާބުކޮށްފައިވަނީ އޭނާގެ ބޮލުން ބޯޅައިގައި ޖަހައިގެންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މި މުބާރާތަކީ ރާއްޖޭގެ އަތޮޅުތަކުގެ ފުޓްބޯޅަ ކުރިއެރުވުމަށާއި، ރަށްރަށުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް އެފްއޭއެމްއިން ކުރިއަށް ގެންދާ މުހިންމު މުބާރާތެކެވެ.

މިގޮތުން ރާއްޖޭގެ އަތޮޅުތެރޭގެ ތިން ސަރަހައްދެއް ޒޯންތަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށްގެންދާއިރު، މުޅި ޖުމްލަ 47 ޓީމެއް ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި އުތުރު ރީޖަން ޒޯން އިން ހދ އަތޮޅުން 4 ރަށަކުން ބައިވެރިވެފައިވާއިރު، ހއ. އަތޮޅުން ބައިވެރިވެފައިވަނީ 2 ރަށެވެ. އަދި ށ. އަތޮޅުގެ އެއްވެސް ރަށަކުން މި މުބާރާތެއްގައި ބައިވެރިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެފްއޭއެމްގެ މައްޗަށް ހުކުމްކުރި 32،426 ޑޮލަރު ބީހައިވްއަށް ދައްކައިފި

Mal

ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށީގައި ހަނދާނީ ބިނާއެއް ހުޅުވައިފި

އެފްއޭއެމްގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި

minivan-champ

އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި 

TTH_advertisement