ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމްއާބާދަށް ދިން ޓެރަރިސްޓު ހަމަލާ، ޕާކިސްތާނުގެ ބޮޑުވަޒީރު ހަރުކަށި އިމާރާތުން ކުށްވެރި ކުރައްވައިފި

ކާރުބޮމުގެ ހަމަލާ ދެވުނު ސަރަހައްދު:
TTH_Ads
STO_Ads
Advertisement

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ދިން ޓެރަރިސްޓު ހަމަލާ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަރަށް ހަރުކަށި އިމާރާތުން ކުށްވެރި ކުރައްވައިފިއެވެ.

ކާރެއްގައި ބޮމެއް ހަރުކޮށްގެން މިއަދު ގޮއްވާލާފައިވަނީ އިސްލާމްއާބާދުގައި ހުންނަ ކޯޓްހައުސް އިމާރާތުގެ ބޭރުގައެވެ.

މި ހަމަލާގައި 12 މީހުން މަރުވެ 27 މީހުން ޒަޚަމްވެފައި ވެއެވެ.

HajjCop_ads
Advertisement

މަރުވި އަދި ޒަޚަމްވި މީހުންނަކީ، ބޮން ގޮއްވާލި ވަގުތު އެ ހިސާބުގައި އުޅުނު މީހުންނާއި، ކޯޓުގައި ތާވަލްކޮށްފައި ހުރި ޝަރީއަތްތަކުގެ އަޑުއެހުންތަކަށް އައިސް އުޅުނު މީހުން ކަމަށް ޕާކިސްތާނުން ލިބޭ ޚަބަރުތައް ބުނެއެވެ.

ކާރުބޮން ގޮއްވާލާފައިވަނީ ކޯޓުހައުސް އިމާރާތުގެ މައި ގޭޓު ކައިރީގައެވެ. އެ ހިސާބަކީ ގިނަ އަދަދަކަށް އާންމުންވެސް ދިރިއުޅޭ ސަރަހައްދެކެވެ.

މި ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވަނީ، މި ހަމަލާގެ ފުރިހަމަ ތަހްގީގެއް ހިންގަން ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ. އަދި މިކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަވާނޭ ކަމަށްވެސް ވައުދުވެވަޑައި ގެންފައި ވެއެވެ.

ކޯޓްހައުސް އިމާރާތުގެ ބޭރަށް ދެވުނު ޓެރަރިސްޓު ހަމަލާ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި، ޑިފެންސް މިނިސްޓަރ ޚަވާޖާ އާސިފްވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ކޯޓްހައުސް އިމާރާތުގެ ބޭރުގައި ކާރުބޮން ގޮއްވާލުމުގެ ކުރިން ހަތިޔާރު އެޅި ގްރޫޕަކުންވަނީ، ޕާކިސްތާނު ސިފައިން ހިންގާ ކެޑޭޓް ކޮލެޖަކަށް ހަތިޔާރާއެކު ވަދެގަނެ ދަރިވަރުން ރަހީނުކުރަން މަސައްކަތް ކޮށްފައެވެ.

ހަތިޔާރު އެޅި ބަޔަކު ވަދެގަތީ ޚައިބަރް ޕަޚްތުންޚުވާގެ ވަނާ ސިޓީގައި ހުންނަ ކޮލެޖަކަށެވެ. ނަމަވެސް، ޕާކިސްތާނު ސިފައިންވަނީ އެމީހުންނާ ކުރިމަތިލައި ހަމަލާ ނާކާމިޔާބު ކޮށްލާފައެވެ.

އިސްލާމްއާބާދުގައި ކާރުބޮން ގޮއްވާލުމާއި، ހަތިޔާރު އެޅި ގްރޫޕަކުން ކެޑޭޓް ކޮލެޖަށް ވަދެގަތް މިވަގުތަކީ، ޕާކިސްތާނުގައި ބައިނަލްއަގްވާމީ މުހިންމު ކޮންފަރެންސްތަކެއް ކުރިއަށްދާ ވަގުތެކެވެ.

އިންޓަރ ޕާލަމެންޓްރީ ސްޕީކަރސް ކޮންފަރެންސާއި، 6 ވަނަ މާރގައްލަ ޑައިލޮގްވެސް މިވަގުތު އިސްލާމްއާބާދު ކައިރީގައި ކުރިއަށް ދެއެވެ.

މިހާދިސާތައް ހިނގާފައި މިވަނީ، ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމާއި، ސްރީލަންކާގެ ގައުމީ ކްރިކެޓް ޓީމާ ދެމެދު ކުޅެވޭ އެއްދުވަހުގެ އިންޓަރނޭޝަނަލް މެޗެއް ރާވަލްޕިންޑީގައިވެސް މިއަދު ކުރިއަށް ދަނިކޮށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފޮޓޯއިން ޚަބަރު: ސޮއިކުރެއްވުމުގެ ކުރިން 3 ލީޑަރުންވެސް ވަޑައިގެންނެވީ ހުކުރު ނަމާދަށް

ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕާކިސްތާނުގެ ބޮޑުވަޒީރާއި، ސިފައިންގެ ވެރިޔާ މާދަމާ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ

ސުލްހައިގެ މަގަށް އެނބުރި އައުމަށް ޕާކިސްތާނުން އީރާނަށާއި، އެމެރިކާއަށް ގޮވާލައިފި