ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚާން ޔޫނިސްއަށް ޑްރޯން ހަމަލާއެއްދީ ކުޑަކުއްޖަކާއި އިތުރު މީހަކު ޝަހީދުކޮށްލައިފި، މުޅި ޣައްޒާގައި އުދުވާނު ހިންގަނީ

އިސްތިއުމާރީ ސިފައިން މިއަދު ދިން ހަމަލާ:
TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށް މިއަދު ޑްރޯން ހަމަލާއެއްދީ ކުޑަކުއްޖަކާއި އިތުރު މީހަކު ޝަހީދު ކޮށްލައިފިއެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފްވެ، އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ ކެނޑިނޭޅި ޣައްޒާގެ އެކި ހިސާބުތަކަށް އެއްގަމާއި ވައިގެ މަގުން ޙަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.

އެންމެ ވަރުގަދައަށް މިހާރު އުދުވާނުތައް ހިންގަމުން ގެންދަނީ ޣައްޒާގެ ދެކުނުގެ ރަށްތަކުގައެވެ.

HajjCop_ads
Advertisement

ޚާން ޔޫނިސްއަކީ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މިލިއަނަކަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ސަރަހައްދަކަށް  ވާއިރު، އެ ރަށަށް ކޮންމެ ދުވަހަކު އެތައް ހަމަލާއެއް ގެންދަނީ ދެމުންނެވެ.

މިއަދުވެސް ޚާން ޔޫނިސްގެ އުތުރު ފަޅިއާއި، ހުޅަނގު ފަޅިއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ.

ޣައްޒާގެ ދެކުނުގެ އައް-ޒަންނާއަށް ބޮޑުބަޑީގެ ހަމަލާތަކެއްވެސް ދީފައި ވެއެވެ.

ޚާން ޔޫނިސްއަށް ޑްރޯން ހަމަލާއެއްދީ ދެމީހުން ޝަހީދު ކޮށްލާފައި ވާއިރު، އިސްތިއުމާރީ ޓެރަރިސްޓުންގެ އަސްކަރީ ވެހިކަލްތަކުން މިހާރުވެސް ގެންދަނީ ޣައްޒާގެ އުތުރުން ގާޒާ ސިޓީގައި އާންމުންނާ ދިމާއަށް ގޮތެއް ފޮތެއް ނުބަލައި ބަޑި ޖަހަމުންނެވެ.

ނުވިތާކަށް، މުޅި ގާޒާ ސިޓީގެ ވައިގެ ތެރޭގައި އިސްތިއުމާރީ ސިފައިންގެ ޑްރޯންތައް އުދުހި، އާންމުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އޮކްޓޫބަރު 10 ގައި އަމަލުކުރަން ފެށިފަހުން އެކަނިވެސް، ޓެރަރިސްޓުން ހަމަލާދީ ޣައްޒާއިން 241 މީހުން ޝަހީދުކޮށްލާފައި ވެއެވެ. އަދި 619 މީހުން ޒަޚަމްކޮށްލާފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ވާގޮތަށް، އިސްރާއީލުގެ ދިރިތިބި 20 ގައިދީންނާއި، މަރުވެފައިވާ 28 މީހުންގެ ތެރެއިން 24 މީހެއްގެ ހަށިގަނޑު ހަމާސްއިން މިހާތަނަށް ހަވާލުކޮށްފައި ވާއިރު، އިސްތިއުމާރީ ޓެރަރިސްޓުން އެއްބަސްވި އެއްވެސް ކަމެއް ނުކޮށް ޣައްޒާއަށް ހަމަލާދީ މީހުން ޝަހީދުކޮށް އިންސާނީ އެހީވެސް އެތެރެކުރިޔަ ނުދީ ގެންދަނީ ހުއްޓުވަމުންނެވެ.

އެކަމަކު، އިސްތިއުމާރީ ދައުލަތް ހިމާޔަތްކުރާ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އެއްބަސްވުމާ އިސްރާއީލު ޚިލާފްވާ ކަމަށް ގަބޫލެއް ނުކުރެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފި، ލުބުނާނުގެ ދެކުނުން އާންމުންގެ 14 މީހުން މަރު