ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާދަމާއިން ފެށިގެން ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް އިތުރުވާނެ

STO_Ads
TTH_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވާފައިވާ ގޮތަށް މާދަމާއިން ފެށިގެން ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް އިތުރު ކުރާ ގޮތަށް ނިންމައިފިއެވެ.

ސަރުކާރުން ވިދާޅުވަނީ، މި ބަދަލުތަކާއެކު ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ، އެބޭންކުގެ 43 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ބޭރު ޤައުމުތަކުގައި ޑެބިޓް ކާޑު ބޭނުން ކުރާ ލިމިޓްތަކަށް ބަދަލު ގެންނަން ނިންމާފައެވެ.

HajjCop_ads
Advertisement

އެބޭންކުން ވިދާޅުވީ، މި ބަދަލުތަކުގެ ތެރޭގައި ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓަރމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއަރލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ހޮޓަލަށް ފައިސާ ދެއްކުމާއި، ޚަރަދު ކުރާ އަދަދު 3000 ޑޮލަރަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއާއެކު ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާއަށް މިއަދަދުން ހޮސްޕިޓަލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

ކާޑު ލިމިޓުތަކަށް މި ބަދަލުތައް އަންނާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިދިޔަ ސެޕްޓެމްބަރު މަހު މ.މުލީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި އިއުލާން ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަދަލުތަކަކީ ރައްޔިތުންނަށް ބޭނުންވާ ޑޮލަރު އަގު ބޮޑުކޮށް ގަންނަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ގޮތަށް ގެނެވޭ ބަދަލެއް ކަމަށެވެ.

“މިކަންކަމުގެ ސަބަބުން، އަގުބޮޑުކޮށް ބްލެކް މާކެޓުން ޑޮލަރު ގަނެގެން މި އުޅެންޖެހޭ ކަންތައްތަކަށް މި އަޅުވެތިކަމުން އިރާދަކުރެއްވިއްޔާ ރައްޔިތުން އަރައިގަތުމަށް އެޅޭ މުހިންމު ފިޔަވަޅުތަކަކަށް މިކަންކަންވާނެ. އިރާދަކުރެއްވިއްޔާ، މިކަންކަމުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ލިބިގެންދާނެ.” ރައީސުލްޖުމްހޫރިއްޔާ

ބޭރުގައި ޕީއޯއެސްތަކުގައި ބޭނުންކުރާ ޑޮލަރު ލިމިޓް އިތުރުކޮށްދީފައިވީނަމަވެސް، ބޭރު ޤައުމުތަކުގެ އޭޓީއެމްތަކުން ޑޮލަރު ނެގޭ މިންވަރަށް ބަދަލު ނާންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. ބޭރު ޤައުމުތަކުގެ އޭޓީއެމްތަކުން މިވަގުތު ނެގެނީ، 125 ޑޮލަރެވެ. މީގެ އިތުރުން ދަރިވަރުންނަށް ދީފައިވާ ލިމިޓްތަކަށް އަދި އެއްވެސް ބަދަލެއް ނާންނަ ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބީއެމްއެލް ޑެބިޓް ކާޑުގެ ލިމިޓަށް އަންނަމުންދާ ބަދަލުތައް ތަންފީޒުވާން ފަށާނީ، މާދާމާއިން ފެށިގެން ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. ބީއެމްއެލްގެ އަހަރީ ދުވަހަކީ، ދިވެހި ރާއްޖޭގެ ޖުމްހޫރީ ދުވަހާއި އެއް ދުވަހެކެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ލިމިޓުތަކަށް ބަދަލު ގެނެސްފައިމިވަނީ، ސަރުކާރުން ބޭރުފައިސާގެ މައްސަލަ ހައްލުކުރުމަށް ބޭރުފައިސާގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކުއެވެ. ފަތުރުވެރިކަމުގެ ސިނާޢަތް މެދުވެރިކޮށް ރާއްޖެއަށް ވަންނަ ޑޮލަރުގެ ކަނޑައެޅިފައިވާ އިންސައްތައެއް މާރުކުރާ ގޮތަށް ޤާނޫނު ބަދަލުކޮށްފައިވާއިރު، ބޭންކުތަކުން ދަނީ މީގެ ތެރެއިން ބޮޑު ބައެއް އެމްއެމްއޭއަށް ޖަމާ ކުރަމުންނެވެ. އަދި މި ފައިސާ ބޭންކުތަކަށް ހަމަހަމަ ގޮތެއްގައި ދޫކޮށް ޑޮލަރު ލިބުމުގައި ބޭންކުތަކަށް ހުރި ދަތިތަކައް ހައްލެއް ލިބޭނެހެން އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި