ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެހެން ގައުމުތަކަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުންނުކުރާ ކޯޓާތައް ރާއްޖެއަށް ލިބޭނެ މަގެއް ހޯދަން މަޝްވަރާކޮށްފި

990

އެހެން ގައުމުތަކަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުންނުކުރާ ކޯޓާތައް ރާއްޖެއަށް ލިބޭނެ މަގެއް ހޯދަން ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ ސަރުކާރާއެކު މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ. މަޝްވަރާގައި މައިގަނޑު ގޮތެއްގައި ބެލިފައިވަނީ، އެހެން ގައުމުތަކަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުންނުކުރާ ކޯޓާތައް ރާއްޖެއަށް ލިބޭނެ މަގެއް ހޯދުމަށެވެ.

މިނިސްޓަރު ޝަހީމް ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ކުރެވުނު މި މަޝްވަރާތަކާ ގުޅޭގޮތުން ވިދާޅުވީ، ކޮންމެ ގައުމަކަށް ވެސް ހައްޖު ކޯޓާއެއް ކަނޑައަޅާފައިވީ ނަމަވެސް، އިތުރު ކޯޓާ ދޫކުރުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް، ބައެއް ގައުމުތަކުން އެ ގައުމުތަކަށް ދޫކޮށްފައިވާ ކޯޓާ ފުރިހަމައަށް ބޭނުންނުކުރާ ހާލަތްތަކުގައި، އެހެން ގައުމުތަކަށް އެ ކޯޓާތައް ބޭނުންކުރުމުގެ އުސޫލެއް ސައުދީން ގެންގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، ސައުދީ ސަރުކާރުން ހައްޖާ ގުޅޭގޮތުން ހިންގާ “ހައްޖު މުބާޝިރު އިނިޝިއޭޓިވް” ގެ ދަށުން، އެހެން ގައުމުތަކުން ބޭނުންނުކުރާ ކޯޓާތަކުން ރާއްޖެއަށް ފުރުސަތު ހޯދުމަށް މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ރާއްޖެއަށް މިހާރު ލިބެނީ 1,000 މީހުންގެ ހައްޖު ކޯޓާއެކެވެ. ނަމަވެސް މި އަދަދު އިތުރުކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

dr shaheem

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

Shaheem

ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއް: ޑރ. ޝަހީމް

WhatsApp Image 2026 02 05 at 19.32.06

ރައީސް އިއުލާން ކުރެއްވި ހުޅުމާލޭގައި އިމާރާތްކުރާ ބޮޑު މިސްކިތުގެ ކުރެހުން އާންމުކޮށްފި