ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕް ކުރާ ދޮގު ތުހުމަތުތަކަށް ދެކުނު އެފްރިކާއިން ރައްދު ދީފި

އެމެރިކާގެ ރައީސާއި، ދެކުނު އެފްރިކާގެ ރައީސް، ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން:
STO_Ads
TTH_Ads

ދެކުނު އެފްރިކާއިން “ދޮންމީހުންގެ ނަސްލު ނައްތާލަމުންދާ” ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރާ ތުހުމަތުތަކަށް ދެކުނު އެފްރިކާއިން ރައްދު ދީފިއެވެ.

ދެކުނު އެފްރިކާ ސަރުކާރުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އެގައުމުން “ދޮންމީހުންގެ ނަސްލު ނައްތާލަމުންދާ” ކަމަށް ބުނެ ޓްރަމްޕް ދައްކަމުން ގެންދަނީ އެއްވެސް ހަގީގަތެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

އެއީ، އެއްވެސް ފެކްޓެއްގެ މައްޗަށް ބިނާކޮށް އެމެރިކާގެ ރައީސް ކުރާ ތުހުމަތުތަކެއް ނޫން ކަމަށްވެސް ދެކުނު އެފްރިކާއިން ބުނެފައި ވެއެވެ.

Maldivian_Ads

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ދެކުނު އެފްރިކާ ސަރުކާރުގެ މައްޗަށް ސާބިތު ނުހިފޭ ދޮގު ތުހުމަތުތައް ކުރުމުގެ އިތުރުން، ދެކުނު އެފްރިކާގެ “އަނިޔާވެރިކަމުން” ސަލާމަތް ހޯދަން އަންނަ ދެކުނު އެފްރިކާގެ މީހުންނަށް އެމެރިކާއިން ހިމާޔަތް ދިނުމުގެ ސްކީމެއްވެސް އިއުލާން ކޮށްފައެވެ.

ދެކުނު އެފްރިކާ ސަރުކާރުގެ ޚާރިޖިއްޔާއިންވަނީ، ޓްރަމްޕްގެ މި މަސައްކަތްވެސް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

“ދޮންމީހުންގެ ނަސްލު ނައްތާލަމުންދާ” ކަމަށް އެމެރިކާގެ ރައީސް ތުހުމަތައް ކުރާއިރު، އެއީ އެގައުމުގައި ހިނގާފައިވެސްވާ ކަމެއް ނޫންކަމަށް، ދެކުނު އެފްރިކާއިން ބުނެއެވެ.

“ދޮންމީހުންގެ ނަސްލު ނައްތާލަމުންދާ” ކަމަށް ތުހުމަތުކޮށް، ދެކުނު އެފްރިކާގައި މިމަހު ބާއްވާ، ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ ސަމިޓް ނުވަތަ ޖީ20 ސަމިޓްގައި ބައިވެރިވާންވެސް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ދެކޮޅު ހަދާފައެވެ. ސަމިޓްގައި ބައިވެރިވުމަށް ދެކުނު އެފްރިކާއަށް ނުދާނޭކަމަށް ވަނީ ބުނެފައެވެ.

ޓްރަމްޕްވަނީ، ޖީ20 މެމްބަރެއްގެ ގޮތުގައި ދެކުނު އެފްރިކާ އޮތުމަށް ކުފޫހަމަނުވާ ކަމަށް ބުނެފައެވެ.

އެކަމަކު، ދެކުނު އެފްރިކާ އަކީ ޖީ20 ފައުންޑިންގ މެމްބަރު ގައުމެކެވެ. ޓްރަމްޕް ނުރުހުނަސް އެ ގްރޫޕުން ދެކުނު އެފްރިކާ ބޭރު ނުކުރެވޭނެއެވެ.

އެފްރިކާ ބައްރުގެ އެންމެ ބޮޑު ދެ އިގްތިސާދާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިވަނީ ހަނގުރާމަ އިއުލާންކޮށްފައެވެ. އެއީ، ދެކުނު އެފްރިކާގެ އިތުރުން ނައިޖީރިއާއެވެ.

އެމެރިކާގެ ރައީސް ކަމަށް އައީއްސުރެ ޓްރަމްޕް ވަނީ ދެކުނު އެފްރިކާއާ ޖައްސާލާފައެވެ.

ހުރިހާ ކަމެއްވެސް ދިމާވެގެން އުޅެނީ، ދެކުނު އެފްރިކާއިން އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތައް ހުއްޓުވަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓާއި، އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް މައްސަލަ ހުށަހަޅައި އެ މައްސަލަތައް ކުރިއަށްދާތީއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮންޓެއިނަރ ބޯޓަށް ހަމަލާދިން އެމެރިކާގެ މަނަވަރުތަކަށް އީރާނުން ޑްރޯން ހަމަލާދީ ފައްސާލައިފި: އީރާނު މީޑިއާ

އީރާނަށް ދެން އޮތީ ފަހު ފުރުސަތު، އެއްބަސްވުމެއް ނުހަދައިފިނަމަ މުޅި ގައުމު ގޮއްވާލާނަން: ޓްރަމްޕް

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ ލުބުނާނު ރައްޔިތުންނަށް ކުރި ފުރައްސާރައެއް: ހިޒްބުﷲގެ ވެރިޔާ

އެމެރިކާއާއެކު ދެވަނަ ބުރެއްގެ ވާހަކަތަކަށް ނުދާނޭކަމުގެ އިޝާރާތެއް އީރާނުން ކޮށްފި