ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ ޖަލްސާގައި އުންމީދު އާވާނެ އެތައް ކަމެއް އިއުލާންކުރާނެ: އަބްދުއްރަހީމް

Dd

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ވެރިކަންކުރާ ޕީއެންސީން މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި އުންމީދު އާވާނެ އެތައް ކަމެއް އިއުލާންކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ކުރިމަތީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ޖަލްސާއަށް ރައްޔިތުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޮށްދެއްވި ހިދުމަތްތައް ގަބޫލުކޮށް އެކަންކަން ބަލައިގަންނާތީ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ޖަލްސާގެ ތެރެއިންވެސް އުންމީދު އައުވާނެ އިތުރު އެތައް ކަމެއް އިއުލާން ކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އެ ޖަލްސާގައި ދައްކަވާ ވާހަކަފުޅުގެ ތެރެއިން ރައްޔިތުންނަށް އުންމީދު ލިބިގެންދާނެ އެތައް ކަމެއް އިއުލާނުކުރެވިގެންދާނެ ކަމަށެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅުގައި ނިމިދިޔަ ބުރާސްފަތި ދުވަހަކީ އެއް ފަހަރާ އެންމެ ގިނަ މަޝްރޫއު ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވުނު ދުވަސްކަން ފާހަގަކުރެއްވިއެވެ.

“ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގިގެން އޮޅުންފިލުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެމީހުންނަށް މިވާނުވާ އެނގޭތީ، ކަން ހިނގާ މަގު އެނގޭތީ، މިވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ގަބޫލުކުރެވޭތީ، އާ ރޫހަކާއެކު އާ ދިރުމަކާއެކު އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން އަންނަނީ. ޔަގީންކަން އެބައޮތް ޕީއެންސީ ސަރުކާރެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒާއެކު އެބޭފުޅުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަން،” އަބްދުއްރަހީމް ވިދާޅުވިއެވެ.

މި މަހުގެ 14 ވަނަ ދުވަހު އާޓިފިޝަލް ބީޗަށް ދިވެހި ރައްޔިތުން ޖަމާވަނީ ވާދަވެރި ފިކުރުގެ މީހުން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް