ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ޕީއެންސީން ފޯރިގަދަ ބޮޑު ޖަލްސާއެއް ބާއްވަނީ

Mal

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ޕީއެންސީން ފޯރިގަދަ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ އޮންނާނީ މިމަހުގެ 14 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައެވެ.

މި ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އެ ޕާޓީގެ އެންމެހައި މެންބަރުންނަށް ވަނީ އަރުވާފައެވެ.

މި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވާހަކަފުޅުދައްކަވާނެއެވެ.

ސަރުކާރަށް ދެ އަހަރު ފުރޭއިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވަނީ ތަރައްގީގެ މަޝްރޫއުތައް އިފްތިތާހުކޮށްފައެވެ. އޭގެތެރޭގައި ކައުންސިލްގެ އާ އިމާރާތްތައް އެޅުމާއި ފިޓްނަސް ސެންޓަރުތައް ގާއިމްކުރުމާއި ފުލުހުންގެ މަރުކަޒުތައް ގާއިމާއި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމް ކުރުން ހިމެނެއެވެ.

މީގެއިތުރުން ރާއްޖޭގެ އެކި ރަށްތަކުގެ މަގުތައް ޒަމާނީފެންވަަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ވަނީ ފެށިފައެވެ.

ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. މިއީ ރާއްޖޭގެ ތާރީޚްގައި ވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެއްވެސް ރައީސަކަށް ކުރެވުނު ކަމެއް ނޫނެނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް