ކުއްލި ޚަބަރު

ކޮޅުވެއްޓި ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

މާލޭގެ ސްކޫލްތަކުން ވޭޕް ފެންނަ އަދަދު މަދުވެއްޖެ: އެޑިޔުކޭޝަން މިނިސްޓަރު

ކޮޅުވެއްޓި ބަންޑުން ޖަހާލުމުގެ ހާދިސާގައި އެކަކުގެ ހާލު ސީރިއަސްވެއްޖެ

ދިރާގަށް 713 މިލިޔަން ރުފިޔާގެ އާމްދަނީއެއް، މިއީ 3.2 އިންސައްތައިގެ ކުރިއެރުމެއް

dhiraagu

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 713 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ދިރާގަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 3.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ، މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ، މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.

ދިރާގުން އާއްމުކޮށްފައިވާ 2025ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް ވަނީ، 374 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް ލިބިފައިވަނީ، 363 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 3 އިންސައްތައިގެ ކުރިއެރުމެކެވެ.

މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 303 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބުނު 306 މިލިޔަން ރުފިޔާގެ އާމްދަނީއާއި އަޅާބަލާއިރު 0.9 އިންސައްތަ ދަށް އަދަދެކެވެ.

މިއާއެކު، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް ވަނީ 713 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީއަށް ލިބުނު 691 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 3.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ދިރާގަށް ވަނީ، 268 މިލިޔަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 282 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 4.9 އިންސައްތަ ދަށް އަދަދެކެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު އެކުންފުންޏަށް ލިބުނު ސާފު ފައިދާވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުުގައި ސާފު ފައިދާގެ ގޮތުގައި ދިރާގަށް 230 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދިރާގަަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 241 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 4.5 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ، އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދި ކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި ވޭތުވެދިޔަ 37 އަހަރު ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ހައްލުތަކެއް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިރާގު ހައިސްޕީޑް ފައިބާ ބްރޮޑްބޭންޑް ހުރިހާ ރަށަކަށް ފޯރުކޮށްދީފި

މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

dhiraagu

ދިރާގަށް ސާފު ފައިދާގެ ގޮތުގައި 238 މިލިޔަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 233 މިލިޔަން ރުފިޔާ

TTH_advertisement