ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނޑިދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

ދ. ބަނޑިދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ.

ބަނޑިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ތަން ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މި އައިސްޕްލާންޓަކީ ސަރުކަރުން 11 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި އައިސްޕްލާންޓް ތަރައްޤީކޮށްފައިވަނީ މިފްކޯއިންނެވެ.

HajjCop_ads
Advertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ބަނޑިދޫގައި ހުޅުވިގެން ދިޔަ އައިސްޕްލާންޓަކީ އެންމެ ކުރު މުއްދަތުގެ ތެރޭގައި ހުޅުވިގެންދިޔަ އައިސް ޕްލާންޓުކަމަށެވެ.

ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަ މަސައްކަތްތަކެެއް ކުރަމުންދާކަމަށެވެ. އެގޮތުން މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރައްވަމުންދާކަން ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރު އައިއިރު ގިނަ އައިސްޕްލާންޓުތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިފްކޯއާއި އައިސް ޕްލާޓްތައް ހަވާލުކޮށް މަސައްކަތް ކުރެވެން ފެށުމުން އައިސް ޕްލާންޓުތައް އަނބުރާ އޮޕްރޭޝަނަށް ގެނެވިފައިވާކަމަށެވެ.

“މިފްކޯއިން ދަނީ ހުއްޓިފައި ހުރި އައިސް ޕްލާންޓުތައް އަދި އަލަށް ގާއިމް ކުރެވޭ އިސްޕްލާންޓުވެސް ވަރަށް އަވަސްކޮށް ނިންމަމުން. އަދި މަސްވެރިން ބޭނުންވާ އެކި ކަންކަން މިފްކޯއިން ދަނީ ހައްލުކޮށްދެއްވަމުން.” ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަަކަދައްކަމުން މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މިފްކޯގެ ބެލުމުގެ ދަށުގައި ހުރި އައިސްޕްލާންޓްތައް ބެލުމުގެ ކަންކަން ވަރަށް ގާތުން ބަލާނެކަމަށެވެ. މި ހުޅުވޭ އައިސްޕްލާންޓުތަކުގެ ސަބަބުން ހުރިހާ ވައްތަރެއްގެ މަސްވެރިކަން ކުރާ ފަރާތްތަކަށް، އެ ފަރާތްތަކުން ބާނާ މަސްތާޒާ ކަމާއެކު ބެހެއްޓޭނެ މަގު ތަނަވަސްވެގެންދާނެކަމަށް ފަރުހަތު ވިދާޅުވިއެވެ.

“ހުރިހާ ވައްތަރެއްގެ މަސްވެރިކަން ކުރާ ފަރާތްތަކުން މި ބާނާ މަސް ތާޒާކަމައެކު ގެންދެވޭނެ. އަޅުގަނޑުގެ އުންމީދަކީ ރިސޯޓުތަކަށް ނޫނީ އެހެން ތަންތައްވެސް ގެންދާ މަސް މި އައިސް ބޭނުންކޮށްގެން ތަާޒާކަމާއެކު ގެންދިޔުން.” ފަރުހަތު ވިދާޅުވިއެވެ.

މި އައިސްޕްލާންޓްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، “މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން” މި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. ބަނޑިދޫއާއި މީދޫގައި ހުޅުވުނު އައިސްޕްލާންޓްތަކުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން މަސްވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Masverin

މަސްވެރިންނަށް ގަވައިދުން ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި

Resorts

މިފްކޯގެ ޗެއާޕާސަންގެ މަގާމަށް ފާއިޒް އައްޔަނުކޮށްފި

Masverin

މިފްކޯއަށް މިއަދު މަސް ގަންނަނީ 21ރ އަށް

masverin mifco

ކަޅުބިލަމަސް ކިލޯއެއްގެ އަގު 21.00 ރުފިޔާއަށް ބޮޑުކޮށްފި