ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާ ރައްޔިތުންގެ އުންމީދު ފަނޑުވަނީ، މިއަދުވެސް ޚާން ޔޫނިސްއަށް ވަރުގަދަ 10 ހަމަލާ

ގާޒާ ސިޓީއަށް އިއްޔެ ދިން ހަމަލާތަކުގައި ޝަހީދުވި ކުޑަކުއްޖެއްގެ ޖަނާޒާ ބާއްވަނީ:
STO_Ads
TTH_Ads
Advertisement

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ދެމެހެއްޓިދާނެ ކަމުގެ އެއްވެސް އުންމީދެއް ޣައްޒާގެ ރައްޔިތުންގެ މިހާރު ނެތްކަމަށް، ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.

އެއީ، ބޮންތައް ގޮވާ އަޑުފަށްގަނޑާއި، ބަޑީގެ އަޑުފަށްގަނޑާއި، ޑްރޯންތަކާއި ހަނގުރާމައިގެ ޖެޓުތައް ބޯމަތިން އުދުހޭ އަޑު ކެނޑިނޭޅި އިވެމުން ދިއުމާ އެކުގައެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައި ވީނަމަވެސް، އިސްތިއުމާރީ ބާރުން ޣައްޒާއަށްދޭ ހަމަލާތައް މަދުކުރި ނަމަވެސް، ހަމަލާތައް ހުއްޓައެއް ނުލައެވެ.

HajjCop_ads
Advertisement

ހަމާސްއިން އެއްބަސްވުމާ ޚިލާފްވެއްޖެ ކަމަށް ބުނެ އިއްޔެ ރެއިން ފެށިގެން އިއްޔެ މެންދުރާ ހަމައަށް މުޅި ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ، ސަތޭކައަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމަށްފަހު އިސްތިއުމާރީ ބާރުން ބުނެފައިވަނީ، އެއްބަސްވުމަށް އެނބުރި އައިސްފައިވާ ކަމަށެވެ.

އެކަމަކު، މިއަދު ހެނދުވެސް ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށް ވަރުގަދަ ދިހަ ވައިގެ ހަމަލާ ދީފައި ވެއެވެ. މި ހަމަލާތަކުގައި ޝަހީދުވި އަދި ޒަޚަމްވި މީހުންގެ އަދަދުތަކެއް އަދި ސާފެއް ނުވެއެވެ.

އެއްބަސްވުމާޚިލާފްވެ، އިސްރާއީލުން ޣައްޒާއަށް އިއްޔެދިން ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅޭގޮތުން، ދެކުނު ކޮރެއާއި މިހާރު ހުރި އެމެރިކާގެ ރައީސް ޓްރަމްޕާ ނޫސްވެރިޔަކު ސުވާލު ކުރުމުން ބުނެފައިވަނީ، އިސްރާއީލުން ހަމަލާދިނީ އިސްރާއީލު ސިފައިންގެ މީހަކު މަރާލުމުން ބަދަލު ހިފުމުގެގޮތުން ކަމަށެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އޮތީ ވަރުގަދަކޮށް ކަމަށްވެސް ބުނެފައި ވެއެވެ.

އެކަމަކު، މިއަދުވެސް އިސްރާއީލުން މިވަނީ ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުގެ އަމަލުތަކާ ހެދި، އެއްބަސްވުން ހެދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި އެއް  ގައުމު ކަމަށްވާ ގަތަރުން ހިތްހަމަނުޖެހުންވެސް ފާޅުކޮށްފައެވެ.

ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ދިން ގެރެންޓީގެ އެއްވެސް މާނައެއް ނެތެވެ. އިސްރާއީލުން ކެނޑިނޭޅި ހަމަލާތައް ދެނީއެވެ.

ޣައްޒާގެ ރައްޔިތުން އެނބުރި އެމީހުންގެ ގެދޮރު ހުރި ތަންތަނަށް ދިޔަ ނަމަވެސް، އެމީހުންނަށް އެއްވެސް ރައްކާތެރިކަމެއް މިހާރަކު ނެތެވެ. އުޅެމުންދަނީ ބިރުވެރިކަމުގެ ތެރޭގައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފި، ލުބުނާނުގެ ދެކުނުން އާންމުންގެ 14 މީހުން މަރު