ކުއްލި ޚަބަރު

ހުޅުމާލޭގައި 13 އަހަރުގެ ކުއްޖެއް މަރާލި ދައުވާލިބުނު ކުއްޖާއަށް 12 އަހަރުގެ ޖަލު ހުކުމް

އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރިތަކަށް ހާއްސަކޮށް “ވެސަލް ފައިނޭންސިންގ” ތައާރަފްކޮށްފި

ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް އެއްބަސްވުމެއް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިޔަނަށް

tourists
ރާއްޖޭގެ ރިސޯޓަކަށް ފަތުރުވެރިންތަކެއް ފައިބަނީ —

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިޔަނަށް އަރާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ %9.9 ގެ ބޮޑު ކުރިއެރުމެއް ކަން ފާހަގަކޮށްލަންޖެހެއެވެ.

މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,804,515 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1,641,937 ފަތުރުވެރިންނެވެ. މި އަދަދުތަކުން ދައްކަނީ 2024 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި މިހާތަނަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ އަހަރުކަމެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6,200 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި އެންމެ ކުރީގައި އޮތީ ޗައިނާއެވެ. ޗައިނާއިން 291,573 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތީ 223,857 ފަތުރުވެރިންނާއެކު ރަޝިއާއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 159,615 ފަތުރުވެރިން، ޖަރުމަނުވިލާތުން 132,394 ފަތުރުވެރިން، އަދި އިޓަލީވިލާތުން 119,261 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ރިސޯޓްތަކުގައި 1,332,533 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ގެސްޓްހައުސްތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 386,692 އަށް އަރައެވެ. މިހާރު ރާއްޖޭގައި ޖުމްލަ 1,286 ތަނެއްގައި ފަތުރުވެރިކަމުގެ ޚިދުމަތް ދެމުންދާއިރު، އެ ހުރިހާ ތަނެއްގެ ބެޑް ކެޕޭސިޓީ އަކީ 64,994 އެވެ.

ސަރުކާރުން މި އަހަރަށް އަމާޒު ހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ދެން އިތުރަށް ބޭނުންވަނީ ގާތްގަނޑަކަށް 5 ލައްކަ ފަތުރުވެރިންނެވެ. މިހާރުގެ ކުރިއެރުމާއި ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ބަލާއިރު، ސަރުކާރުގެ މި އަމާޒު ވަރަށް ފަސޭހައިން ހާސިލްކުރެވޭނެކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

55

އުކުޅަހުގައި ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑު ޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖެ

ކްރައުން އެންޑް ޗަމްޕާގެ 11 ވަނަ ރިސޯޓު، ނަލަ މޯލްޑިވްސް ހުޅުވައިފި

ފަތުރުވެރިކަން ދަށް އަތޮޅުތަކުގައި އަވަހަށް މަޝްރޫޢުތައް ފަށާނެ: ރައީސް

TTH_advertisement