ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރެއިން ފެށިގެން މިހާތަނަށް 104 މީހުން ޝަހީދު، ބޮންއެޅުން ހުއްޓާލާފައި ބުނީ އެއްބަސްވުންމަތީ ތިބިކަމަށް

އިސްތިއުމާރީ ސިފައިން ރޭގައި ދިން ހަމަލާތައް
TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުން މުޅި ޣައްޒާއަށް ރެއިން ފެށިގެން މިއަދުގެ މިހާތަނަށް ދިން ޓެރަރިސްޓު ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 104 އަށް އަރައިފިއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ، އިސްތިއުމާރީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 46 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 253 އަށް އަރާ ކަމަށްވެސް ބުނެފައި ވެއެވެ.

HajjCop_ads
Advertisement

ޒަޚަމްވެފައިވާ މީހުންނަށް އެކަށީގެންވާ ފަރުވާ ދެވޭނެ ގޮތެއްވެސް ނެތުމާއެކު، ބޮޑެތި ޒަޚަމްތައް ލިބިފައިވާ މީހުން މަރުވަމުންދާ ކަމަށް، މީޑިއާ އޮފީހުން ބުނެފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން އުވާލައި، އިސްތިއުމާރީ ސިފައިން ޣައްޒާއަށް ވައިގެ ހަމަލާތައް ރޭގައި ދޭން ފެށީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސްއިން ޚިލާފްވެފައިވާ ކަމަށް ބުނެ، މުޖުރިމު ނަތަންޔާހޫ އެކަމަށް އަމުރު ކޮށްގެންނެވެ.

އެކަމަކު، ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް މިމަހުގެ 10 ގައި އަމަލުކުރަން ފެށިފަހުން އެކަނިވެސް، އިސްރާއީލު ޓެރަރިސްޓުން ޣައްޒާއަށް ހަމަލާތައްދީ 211 މީހުން ޝަހީދުކޮށްލިއެވެ. ޒަޚަމްވި މީހުންގެ އަދަދު 597 އަށް އަރައެވެ.

ރެއިން ފެށިގެން މިއަދުވެސް ޣައްޒާއަށް ވަރުގަދައަށް ބޮން އެޅުމަށްފަހު އިސްތިއުމާރީ ބާރުން މިއަދު ބުނެފައިވަނީ، އެމީހުން މިހާރު ތިބީ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރުންމަތީ ކަމަށެވެ. އަދި ޣައްޒާއަށް ބޮންއެޅުން މިހާރުވަނީ ހުއްޓާލާފައެވެ.

އެކަމަކު، އިސްތިއުމާރީ ބާރުގެ ސަރުކާރުން ބުނެފައިވަނީ، ހަމާސްއިން އެއްބަސްވުމާ ޚިލާފް އެއްވެސް ކަމެއް ކޮށްފިނަމަ އަނެއްކާވެސް ހަމަލާތައް ފަށާނޭ ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނުގެ އެކި ރަށްތަކަށް ބޮންއަޅައި މިއަދު އެކަނިވެސް ދެ ކުޑަކުދިން ހިމެނޭހެން 9 މީހުން މަރާލައިފި

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި