ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯއިން ދިއްފުށީގައި އިމާރާތްކުރި އާ އިންޖީނުގެ ހުޅުވައިފި

B 202510281202191761634939.4272

ސްޓޭޓް އިކެލްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ކ. ދިއްފުށީގައި އިމާރާތްކުރި އާ އިންޖީނުގެ ހުޅުވައިފިއެެވެ.

ދިއްފުށި އާ އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ދިއްފުށްޓަށް ކުރެއްވި ޒިޔާރަތުގައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިއްފުށީ އާ އިންޖީނުގޭގެ މަސައްކަތް ފަށާފައިވަނީ 26 ޖޫން 2024 ގައެވެ. އެ މަސައްކަތް ނިންމާފައިވަނީ 30 އޭޕްރީލް 2025 ގައެވެ.

އެ މަސައްކަތް ހަވާލުކުރީ ސަންވިލް ޕްރައިވެޓް ލިމިޓެޑް އަށް، 12،535،490.33 މިލިޔަން ރުފިޔާއަށެވެ.

“އާ އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނޭ” ސްޓެލްކޯއިން ބުންޏެވެ.

ކުރީގެ ދިއްފުށި އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓް (2،200 ކިލޯވޮޓް)އެވެ. މިހާރު އާ އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީއަކީ 7 މެގަވޮޓް (7،000 ކިލޯވޮޓް) އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނުޕޮރުގުރާމެއް ހިންގައިފި