ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްތީނު މިނިވަން ދައުލަތް އުފައްދަން ޝަރުތުކުރާތީ ސައުދީ އަރަބިއްޔާއަށް ވަރަށް ބޮޑަށް މަލާމާތްކޮށްފި

އިސްރާއީލުގެ ހަރުކަށި ފައިނޭސް މިނިސްޓަރު ބެޒަލެލް ސްމޮރިޗް
STO_Ads
TTH_Ads
Advertisement

އިސްރާއީލާ ސިޔާސީ ގުޅުން އުފެއްދުމުގެ ޝަރުތަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން ކަމަށް ސައުދީ އަރަބިއްޔާއިން ބުނާތީ އިސްރާއީލުގެ ހަރުކަށި ފައިނޭސް މިނިސްޓަރު ބެޒަލެލް ސްމޮރިޗް ސައުދީ އަރަބިއްޔާއަށް ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތް ކޮށްފިއެވެ.

އިސްރާއީލުގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ސްމޮރިޗް ބުނީ، ސައުދީ އަރަބިއްޔާގެ ޝަރުތަކީ އެއީ ކަމަށް ވާނަމަ ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމުގެ ވާހަކަ ހަނދާން ނައްތާލުމަށެވެ.

މަލާމާތެއްގެ ގޮތުން އޭނާ ބުނެފައިވަނީ، ސައުދީ އަރަބިއްޔާއިން ސަހަރާތެރޭގައި “ޖަމަލު ދުއްވުމާއިގެން ކުރިއަށްދިއުން” ރަނގަޅުވާނޭ ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

ސްމޮރިޗް ބުނެފައިވަނީ، ސައުދީ އަރަބިއްޔާއިން އިސްރާއީލާ ގުޅުން ނުއުފެއްދިޔަސް،

އިސްރާއީލަށް ކުރަން އެނގޭ ހުރިހާ މޮޅު އަދި އަޖައިބުކުރުވަނިވި ކަންތައްތަކަކާއެކު ވަރުގަދަ އިގްތިސާދެއް ހިމެނޭގޮތުން އިސްރާއީލުގެ ދައުލަތް ތަރައްގީކުރަމުން ގެންދާނޭ ކަމަށެވެ.

ފައިނޭންސް މިނިސްޓަރުގެ މި ވާހަކަތަކަށް އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރް ލެޕިޑްވަނީ ފާޑުކިޔާފައި މައާފަށް އެދުމަށް ގޮވާލާފައެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ލެޕިޑް ބުނީ، ސްމޮރިޗް ތަމްސީލުކުރަނީ އިސްރާއީލުގެ ދައުލަތް ނޫން ކަމަށެވެ. އެހެންކަމުން، ސައުދީ އަރަބިއްޔާގެ ކިބައިން މައާފަށް އެދުމަށް އޭނާވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ ކުރީގެ ޑިފެންސް މިނިސްޓަރ ބެނީ ގަންޓްޒްވެސް ވަނީ، ސްމޮރިޗަށް ފާޑުކިޔާފައެވެ. އޭނާ ބުނެފައިވަނީ، ސްމޮރިޗް ދެއްކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި، ބައިނަލްއަގްވާމީ ގުޅުންތަކުގެ ޒިންމާތައް އޭނާއަށް ނޭނގޭކަން އެ ވާހަކަތަކުން ހާމަވާ ކަމަށެވެ.

ސައުދީ އަރަބިއްޔާއާ އާދައިގެ ގުޅުމަކަށް ދިއުމަށް އިސްރާއީލު އަބަދުވެސް ބޭނުންވާ ކަމެކެވެ. އަދި އެކަމަށް އެމެރިކާއިންވެސް ގަދައަޅައި ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ޚާއްސަކޮށް އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އައިފަހުން، ސައުދީ އަރަބިއްޔާއާއި، އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމަށް ޓްރަމްޕް ކެނޑިނޭޅި ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ސަބަބަކީ، ސައުދީ އަރަބިއްޔާއިން އިސްރާއީލާ ގުޅުން އުފައްދައިފިނަމަ މުޅި އަރަބި އަދި އިސްލާމީ އުންމަތުގެ ގައުމުތައް އިސްރާއީލާ ގުޅުން ގާއިމްކުރާނެ ކަމަށް އެމީހުން ގަބޫލުކުރާތީއެވެ.
އިސްރާއީލާ ގުޅުން އުފެއްދުމަށް، ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުން ޝަރުތުކުރާތީ ނަތަންޔާހޫ ރުޅިއައިސްގެން މިދިޔަ އަހަރުގެ ތެރޭގައިވަނީ، ފަލަސްތީނު މީހުންނަށް ސައުދީ އަރަބިއްޔާގެ ސަހަރާތެރޭގައި ދައުލަތެއް އުފައްދައިދިނުމަށް ގޮވާވެސްލާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި

ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރަށް ވަރުގަދަ ވެއްޖެ، އިސްތިއުމާރީ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް