ކުއްލި ޚަބަރު

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ހިޔާ ފްލެޓެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެ

ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އިސްތިއުފާދެއްވައިފި

އިތުރުމީހަކު ހައްޔަރުކޮށް، ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައިފި

ކަސްޓަމުން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި ދެ ކޮންޓޭނާގެ ސިގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލް އިން ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށް، ކޮންޓޭނަރުގެ ބައިތައް ތިލަފުށިން ހޯދައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގައި އިތުރު މީހަކު މިމަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ. އެއީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމައްސަލައިގެ ތަހުގީގުގައި ފުލުހުން ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށް، މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓޭނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން މިކަމުގައި ޝާމިލުވާ 4 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވަނީ ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި މުޢާޒް ޢަލީ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދާއި ކަސްޓަމްސް ސުޕްރިޓެންޑެންޓް ޒިވާރު އިސްމާއިލް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިމައްސަލާގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ކަސްޓަމާއި، އެމްޕީއެލްގެ ބައެއް މުވައްޒިފުން ވަނީ ސަސްޕެންޑްކޮށްފައެވެ. މިމައްސަލައިގެ ތަހުޤީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި

Mal

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ޒާޔާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

އެމް.ޕީ.އެލް އިން އެމް.އެސް.އެސްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

ސިނގިރޭޓު މައްސަލާގައި ހައްޔަރުކުރި މުޢާޒްގެ ބަންދަށް އިތުރު 10 ދުވަސް

TTH_advertisement