ކުއްލި ޚަބަރު

ދަނބިދޫ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށްފަހު މަގުހެދުން ކުރިއަށްދާނެ: ރައީސް

ވީއައިއޭގެ އާ ޓާމިނަލް އިން ސައުދިއާ އަށް ހިދުމަތް ދޭން ފަށައިފި

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި

ފޮނަދޫ އައިޔޫއެމް ކެމްޕަސްގެ އަމަލީ މަސައްކަތް ފަށައިފި

ލ.ފޮނަދޫގައި ގާއިމުކުރާ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަސް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ލ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫއަށް ކުރައްވަމުންދާ ޒިޔާރަތުގެ ތެރެއިން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އައިޔޫއެމްގެ ކެމްޕަހުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެ ޔުނިވަސިޓީގެ ޗާންސެލާ ޑރ.އަލީ ޒާހިރު ބިން ގާސިމެވެ.

ކެމްޕަސްގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ފައްޓަަވައިދެއްވުމުގައި ޔުނިވަސިޓީގެ ޗާންސެލާ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲއާއި، މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީ ބައިވެރިވެވަޑައިގަތެވެ.

ފޮނަދޫއަކީ މިހާރުވެސް އައިޔޫއެމްއިން ބައެއް ކޯސްތައް ހިންގަމުން އަންނަ ރަށެއް ނަމަވެސް އެ ރަށުގައި އެ ޔުނިވަސިޓީގެ ކެމްޕަހެއް ނުހުރެއެވެ. ޔުނިވަސިޓީގެ ކެމްޕަހެއް ފޮނަދޫގައި ގާއިމުކުރެވުމުން، ޔުނިވަސިޓީން ކުރިއަށްގެންދާ އެކި ކޯސްތަކުގައި ބައިވެރިވުމަށް މާލެއަށް އަންނަންނުޖެހި ހައްދުންމަތީ ރައްޔިތުންނަށް އަތޮޅުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ރައީސް ޑރ.މުޢިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަންނަނީ ފަށަމުންނެވެ. އަދި ކުރިއަށްގެންދަން ރާވާފައި ހުރި ވަރަށް ބައިވަރު މަޝްރޫއުތައް އެކި ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަކުގައި އަންނަނީ ސޮއިވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

435356 569bbeb0 f (1)

ދަނބިދޫ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށްފަހު މަގުހެދުން ކުރިއަށްދާނެ: ރައީސް

ވިޔަފާރި އުސޫލުން ދޫކުރި ތަންތަނުން މިއަހަރު 223 މިލިޔަން ވަނީ ހޯދިފައި: އެޗްޑީސީ

އެމް.ޕީ.އެލް އިން އެމް.އެސް.އެސްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

ފަރުސަތު، ޞަފާ، އަދި ޞަރާހަތު މީޑިއާ ކޮމިޝަނަށް އައްޔަން ކުރަން ފާސްކޮށްފި

TTH_advertisement