ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަމަން ކައިރި އަދަން ކަނޑުން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

ހަމަލާ އަމާޒުވި ތެޔޮ ޓޭންކަރުގައި އަލިފާން ރޯވެ އަނދަނީ:

ޔަމަން ކައިރިން އަދަން ކަނޑުން ދަތުރުކުރި އާގުބޯޓަކަށް ހަމަލާދީފިއެވެ.

މި ހަމަލާގެ ސަބަބުން ބޯޓުގައި އަލިފާން ރޯވެފައިވާ ކަމަށް، ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ބުނެފައި ވެއެވެ.

ބައެއް ރިޕޯޓްތައް ބުނެފައިވަނީ، އަލިފާން ރޯވުމުގެ ސަބަބުން ބޯޓުގެ ފަޅުވެރިން ބޯޓު ދޫކޮށްލާފައި ދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ހަމަލާ އަމާޒުވީ ކެމަރޫންގެ ދިދަޖެހި ޓޭންކަރަކަށް ކަމަށްވެސް ބުނެފައި ވެއެވެ. އެ ޓޭންކަރު ދަތުތުކުރީ އުމާނުން ފޮރައިގެން ޖިބޫޓީއަށް ދިއުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބޯޓަށް ހަމަލާދިނީ ކޮން ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ރަތްކަނޑާއި، އަދަން ކަނޑުން ދަތުރުކުރާ އާގުބޯޓު ފަހަރަށް ހުރަސްއަޅާ ޔަމަނުގެ ހޫޘީ ސަރުކާރުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެ ކަނޑުތަކުން އިސްރާއީލަށް މުދާ ހިފައިގެން ދަތުރުކުރާ އަދި އިސްރާއީލުން ފުރައިގެން އަންނަ އިސްރާއީލުގެ އާގުބޯޓުތަކާއި، ބައެއް އެހެން ގައުމުތަކުގެ ބޯޓުތަކަށް ހޫޘީން ގެންދަނީ ހުރަސްއަޅައި އަދި ހަމަލާތައްވެސް ދެމުންނެވެ.

މިއީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްތިއުމާރީ އިސްރާއީލުން ހިންގާ ނަސްލުނައްތާލުމާއި، ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމަށާއި، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން މަޖުބޫރު ކުރުމުގެ ގޮތުން ހޫޘީން ފެށި އޮޕަރޭޝަނެކެވެ.

ހޫޘީންގެ އޮޕަރޭޝަން ހުއްޓުވަން އިސްރާއީލާއި އެމެރިކާއާއި، ޔޫކޭއާއި ޖަރުމަނު އަދި ހުޅަނގުގެ އެހެން ބައެއް ގައުމުތައް ގުޅިގެން ޔަމަނުގެ އެތަން މިތަނަށް ބޮންއަޅައި ބަނދަރުތަކާއި އެއަރޕޯޓްތައް ގޮއްވި ނަމަވެސް، ހޫޘީންގެ އޮޕަރޭޝަން ނުހުއްޓުވުނެވެ.

ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގައި ކަނޑުމަގުން އާގުބޯޓުފަހަރު އެންމެ ގިނައިން ދަތުރުކުރާ އަދި އެންމެ ބިޒީ މަގުތަކަށްވަނީ ހުރަސްއެޅި، އެކަމުގެ ގެއްލުން ދުނިޔޭގެ ވިޔަފާރިއަށްެސް ފޯރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕް ދިން މުހުލަތު ހަމަވާން ގާތްވަނީ، އީރާނު “ސުންނާފަތިކުރަން” އިސްރާއީލުވެސް ތައްޔާރުވަނީ

އީރާނުގެ ނިއުކްލިއަރ ފެސިލިޓީއަށް ދިން ހަމަލާތަކުގެ ރައްދު އިސްރާއީލުގެ ނިއުކްލިއަރ އިންޖީނުގެއަށް

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި