ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކ.އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު

moosun
STO_Ads
TTH_Ads
Advertisement

ރާއްޖެއަށް މިއަދުވެސް މޫސުން ގޯސްވެ، ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން މެޓް އޮފީހުން ވަނީ ކ.އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ނެރެފައިވާ މި ސަމާލު، ހެނދުނު 10:00އިން ހަވީރު 4:00އާ ހަމައަށް ޤާއިމުވެފައިވާނެއެވެ. މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ.

މެޓް އޮފީހުން ވިދާޅުވި ގޮތުގައި، މި ފެށޭ ހަފްތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މޫސުން ގޯސްވެ ވައިގަދަވީ ނަމަވެސް، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭނެކަމަށް އެ އިދާރާއިން ހާމަކުރައްވައެވެ.

MMA_Ads
HajjCop_ads
Advertisement

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.

ވައިގެ ހާލަތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. މުޅި ރާއްޖެއަށްވެސް ކަނޑުތައް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް މެޓް އޮފީހުން އަންދާޒާކުރައްވައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ.ދަރަވަންދޫއަށެވެ. އެގޮތުން ދަރަވަންދޫއަށް 9.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުން ހާމަކުރައްވައެވެ.

މޫސުން ގޯސްވެ ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު މެޓް އޮފީހުގެ ވެބްސައިޓުން ނުވަތަ އެ އިދާރާއާ ގުޅުއްވައިގެން ހޯދުމަށް އިލްތިމާސްކުރައްވައެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޯކޮށް ވާރޭވެހި ވައި ގަދަވާނެތީ ރީނދޫ ސަމާލު

Moosun

ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ- މެޓް

moosun

ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް

moosun raining

މެދުރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސް: މެޓް އޮފީސް