ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

އެމްބީބީއެސް ހެދި ފުރަތަމަ ބެޗްގެ ދަރިވަރުން އިންޓާންޝިޕް ނިންމާލައިފި

Main 20251017 174340

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗުގެ 20 ދަރިވަރުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އިންޓާންޝިޕް ފުރިހަމަކޮށްފިއެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވިގޮތުގައި، އިންޓާންޝިޕްގެ މުއްދަތުގައި ދަރިވަރުންނަށް ބަލިމީހުންނަށް ފަރުވާދިނުމާއި، ކުއްލި ޙާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމާއި، އަދި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބި، އެކުދިންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރެވިފައިވެއެވެ. މީގެއިތުރުން، އިލްމީ ގޮތުން ލިބިފައިވާ މަޢުލޫމާތު އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ތަޖުރިބާވެސް ފޯރުކޮށްދެވިފައިވާކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.

އިންޓާންޝިޕްގެ މުއްދަތުގައި މި ޑޮކްޓަރުންނަށް އިރުޝާދު ދެއްވި އެންމެހާ ކޮންސަލްޓަންޓުންނާއި، ކްލިނިޝަނުންނާއި، އަދި އެހެނިހެން އެހީތެރިންގެ އެހީތެރިކަމާއި އިރުޝާދަކީ މި ދަރިވަރުން މިހާ ކާމިޔާބު ކަމާއެކު އިންޓާންޝިޕް ފުރިހަމަ ކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެއްކަމަށް އައިޖީއެމްއެޗުން ފާހަގަކުރެއްވިއެވެ.

ދަރިވަރުން މިހާރު ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި މަސައްކަތްކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި، މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ. އަދި މިދަރިވަރުންގެ ފަރާތުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާވެ، ކުރިއަރައިގެން ދާނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ ޑޮކްޓަރުކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ އަހަރުދުވަހުގެ މުއްދަތެކެވެ. ނަމަވެސް މިހާތަނަށް މި ޕްރޮގްރާމް ހިންގަމުން އައީ ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށްވުމުން، ގިނަ ދަތިތަކާ ކުރިމަތިވަމުން އައިސްފައިވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން މިހާރު ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައިވެސް މި ޕްރޮގްރާމް ފުރިހަމަކުރެވޭނެ މަގު ތަނަވަސްކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްއެންޔޫ އާއި އެންއައިސީ އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމް.އެން.ޔޫއާއި ކަރޓިން ޔުނިވާސިޓީއާ ދެމެދު މަތީތަޢުލީމު ކުރިއަރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް އެމް.ޕީ.އެލް އާއި އެމް.އެން.ޔޫއާ ދެމެދު ފަހުމުނާމާއެއް

Mnu mma 1024x683

މާލީ މައުލޫމާތު ހިއްސާކުރުމާއި ދިރާސާތައް ކުރަން އެމްއެންޔޫ އާއި އެމްއެމްއޭ އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

TTH_advertisement