ކުއްލި ޚަބަރު

މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލައިފި

ފުނަދޫ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި

ނަވީން ޝަރަފުވެރިކަމާއެކު މަޤާމުން ވަކިވެވަޑައިގެންފި

މިއަހަރު ނިމުމުގެ ކުރިން ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ދަތުރުތައް ފެށޭނެ: ރައީސް

ރޭގަނޑު ދަތުރުތައް ކުރެވޭގޮތަށް ށ. ފުނަދޫ އެއާޕޯޓުގައި މިއަހަރު ނިމުމުގެ ކުރިން ލައިޓުތައް ޖަހައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެމްއޭސީއެލުން މިރޭ ފެށި ފުނަދޫ އެއާޕޯޓުގެ ތަރައްގީގެ މަސައްކަތަކީ އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށެވެ.

ފުނަދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އެމްއޭސީއެލުން ކުރިއަށްގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި އެގޮތުން މިރޭ ފެށި ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި، ރޭގަނޑު ފްލައިޓް ޖެއްސުމަށްޓަކައި ބޭނުންވާ ލައިޓް ހަރުކުރުމުގެ މަސައްކަތާއި ޒަމާނީ ފެންވަރުގެ ރަނގަޅު ލައުންޖެއް ހެދުމާއި ރެސްޓޯރެންޓެއް ހެދުމާއި ޓާމިނަލްގެ ފެންވަރު މަތިކުރުމާއި ބެގޭޖް ކޮންވެޔޯ ބެލްޓް ހަރުކުރުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“މީގެ ތެރެއިން ރޭގަނޑު ފްލައިޓް ޖެއްސުމަށްޓަކައި ބޭނުންވާ ލައިޓް ހަރުކުރުން މިއަހަރު ނިމެންވާއިރަށް ފުރިހަމަކޮށްދީ ނިންމައިދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއާޕޯޓު މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ތެރޭގައި ރަންވޭގެ ދިގުމިން އިތުރުކުރުމުގެ މަސައްކަތް ހިމެނޭނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފަންނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި އެ މަސައްކަތްތައް ނިމުމުން ރަންވޭގެ މަސައްކަތް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ފުނަދޫ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި

Sh. Funadhoo

ފުނަދޫ ދަށްފަޅުގައި 100 އެދުގެ ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރަނީ

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

ފުވައްމުލަކާއި ށ. ފުނަދޫގައި ވޮކޭޝަނަލް އިންސްޓިޓިއުޓްތައް ގާއިމްކުރަނީ

TTH_advertisement