ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިޔާއަށް ދަތުރުކުރުމުގެ ކުރިން އެރައިވަލް ކާޑު ފުރުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި

India
TTH_Ads
STO_Ads

އިންޑިޔާ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި އިޞްލާޙަކާ ގުޅިގެން، 10 އޮކްޓޫބަރު 2025ން ފެށިގެން އިންޑިޔާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކުމެ އެ ޤައުމަށް އެތެރެވުމުގެ ކުރީން “އީ-އެރައިވަލް ކާޑު” އޮންލައިންކޮށް ފުރިހަމަކުރާން ޖެހޭ ގޮތަށް ހެދުމަށް އިންޑިޔާ އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

މި ގޮތުން، އިންޑިޔާއަށް ދަތުރުކުރާ ކޮންމެ ފަރާތަކުން ވެސް، ފުރުމުގެ ކުރީން 72 ގަޑިއިރު ތެރޭގައި ތިރީގައި މިވާ ލިންކް މެދުވެރިކޮށް މި ފޯމް ފުރިހަމަކުރުން ލާޒިމުވާނެއެވެ.

https://indianvisaonline.gov.in/earrival/

HajjCop_ads

މި ޤަވާޢިދުގެ ސަބަބުން، އިންޑިޔާއިން ދިވެހީންނަށް ވިސާ ދޫކުރުމުގެ އިންތިޡާމަށް ނުވަތަ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައި ވެއެވެ.

ވީމާ، އިންޑިޔާއަށް ދަތުރުކުރައްވާ ފަރާތްތަކުން އެ ޤައުމަށް ދަތުރުކުރެއްވުމުގެ ކުރީން އީ-އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް ވުޒާރާއިން އިލްތިމާސްކުރެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޑިއާ މީހުން ރާއްޖެއަށް ޑްރަގް އެތެރެކުރާ މިންވަރު އިތުރުވާތީ އެޑްވައިޒަރީއެއް ނެރެފި

kulli khabaru

އިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސްކޮށްފި

Original

އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފި

Mussss

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަދާ އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައިފި