ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާފުނިތަކުގެެ ދަށުން 151 މީހެއްގެ ހަށިގަނޑު ނަގައިފި، އެތައްހާސް ބަޔަކު ގެއްލިފައިވޭ

ޣައްޒާ ސިވިލް ޑިފެންސް ޓީމުތަކުން މަރުވެފައިވާ މީހުންގެ ހަށިތައް ނަގައިގެން ގެންދަނީ:
TTH_Ads
STO_Ads
Advertisement

އިސްތިއުމާރި ޓެރަރިސްޓުން ބޮންއަޅައި ވައްޓާލާފައިވާ ގެތަކާއި، އިމާރާތްތަކުގެ ދަށުން 151 މީހެއްގެ ހަށިގަނޑު، ސިވިލް ޑިފެންސް ޓީމުތަކުން ހޯދައިފިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފަށައި، އިސްތިއުމާރީ ސިފައިން ފައިބައިގެން ދިޔަ ސަރަހައްދުތަކަށް ޓީމުތައް ގޮސް މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

އެގޮތުން، އެމްބިއުލެންސާއި، ސިވިލް ޑިފެންސް ޓީމުތައް އެމީހުންގެ އަތުގައި ހުރި ވަސީލަތްތަކާއެކު ގެންދަނީ ގާފުނި ތަކުގެެ ދަަށުވެ މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

HajjCop_ads
Advertisement

ވައްޓާލާފައިވާ ގެތަކާއި، އިމާރާތްތަކުގެ ދަށުވެ އެތައްހާސް ބަޔަކު ގެއްލިފައި ވެއެވެ.

އަދި ހަމަލާތަކުގައި މަރުވެ އެތައް ބައެއްގެ ހަށިތައް ޣައްޒާގެ އުތުރުގެ މަގުތައްމަތީގައިވެސް އެބަ ހުރި ކަމަށް، ޣައްޒާ ހެލްތު މިނިސްޓްރީން ބުނެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ކެނޑިނޭޅި ބޮން އަޅަމުން ދިއުމާއި، ބޮޑުބަޑީގެ ހަމަލާތައް ދެމުން ދިއުމުގެ ސަބަބުން މީހުން ސަލާމަތް ކުރާ ޓީމުތަކަށް، ގެއްލޭ މީހުން ހޯދުމުގެެ މަސައްކަތެއް ނުކުރެވެއެވެ. ޚާއްސަކޮށް ޣައްޒާގެ އުތުރުގައި އެއްވެސް ކަމެއް ނުކުރެވުނެވެ.

ބޮންއެޅުން ހުއްޓާލައި އިސްތިއުމާރީ ސިފައިން ފަހަތަށް ޖެހުނުތާ 24 ގަޑިއިރު ނުވަނީސް، ޓީމުތަކުން މިވަނީ 151 މީހެއްގެ ހަށިގަނޑު ހޯދައި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.

އަދި ޒަޚަމްގެ ހާލަތުގައި ތިބި 72 މީހަކުވެސް ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ޝަހީދުކޮށްލި ކަމަށް ރެކޯޑް ކުރެވުނު މީހުންގެ އަދަދު މިހާރުވަނީ 67،682 އަށް އަރާފައެވެ. ޝަހީދުކޮށްލި މީހުންގެ 70 އިންސައްތައަކީ ކުޑަކުދިންނާއި އަަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ.

ހަމަލާތަކުގައި ޒަޚަމްވި މީހުންގެެ އަދަދުވަނީ 170 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. ޒަޚަމްވި މީހުންގެ ބޮޑު ނިސްބަތަކީވެސް ކުޑަކުދިންނާއި އަންހެނުންނެވެ.

ބޮޑެތި ޒަޚަމުގެ ސަބަބުން އެތައްހާސް ކުދީންނެއްގެ އަތްފައި ވަނީ ބުރިކޮށްލާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނުގެ އެކި ރަށްތަކަށް ބޮންއަޅައި މިއަދު އެކަނިވެސް ދެ ކުޑަކުދިން ހިމެނޭހެން 9 މީހުން މަރާލައިފި

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި