ކުއްލި ޚަބަރު

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު ދިވެހިރާއްޖެއަށް

ގެދޮރުވެރިޔާ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާންކޮށްފި

ފިލިޕިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ދިރާގު ހައިސްޕީޑް ފައިބާ ބްރޮޑްބޭންޑް ހުރިހާ ރަށަކަށް ފޯރުކޮށްދީފި

ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދީފިއެވެ.

މިއީ ރާއްޖޭގެ މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލްކުރި ފުރަތަމަ ފަހަރެވެ.

ދިރާގުން އިއްޔެ ވަނީ އެ ހިދުމަތް ހުރިހާ ރަށަކަށް ފުޅާކުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ. އެ ހަފުލާގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް، ސަރުކާރުގެ އިސްވެރިން، ސިޓީ ކައުންސިލްގެ އިސްވެރިންގެ އިތުރުން އެހެން ބައެއް އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ހަގީގީ ރާއްޖޭގެ ގުޅުން ގާއިމްކޮށްފައިވާ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏަކީ ދިރާގު ކަމަށެވެ. އަދި ވިދާޅުވީ މުޅި ރާއްޖޭގަ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދީ ނިންމައި، އެ ފަހުރު ދިވެހިރާއްޖެއަށް ހޯދައިދިން ކުންފުންޏަކީ ވެސް ދިރާގު ކަމަށެވެ.

“ދިރާގުން ހާސިލްކުރި މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި، އަދި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ދިރާގަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،” ކަމަށެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިރާގު ހައިސްޕީޑް ބްރޯޑްބޭންޑް ހިދުމަތް ދީ ނިންމާލައިފައި މިވަނީ އެކަމަށް ދުރާލާ ޕްލޭންކޮށް ގިނަ އިންވެސްޓްމެންޓްތަކަކާ އެކު ގިނަ މަޝްރޫއުތަކެއް ހިންގައިގެން ކަމަށެވެ.

އޭގެ ތެރޭގައި ބޭރު ގައުމުތަކާއި ރާއްޖެއާ ދެމެދު ވާ ގުޅުން، ވަރުގަދަ ކުރުމަށް ހިންގުނު ސަބްމެރީން ކޭބަލް ޕްރޮޖެކްތައް އަދި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ދިރާގުން އަޅައިފައިވާ ސަބްމެރީން ކޭބަލް ޕްރޮޖެކްޓްތައް އަދި މައި ނެޓްވޯކްގެ ކެޕޭސިޓީ އާއި ފެންވަރު ރަނގަޅު ކުރުމަށް ހިންގުނު ޕްރޮޖެކްޓްތަކާއި މީހުން އުޅޭ ރަށްތަކުގައި ފައިބާ ނެޓްވޯކް އެޅުމަށް ފޭސްތަކަކަށް ބަހައިލައިގެން ހިންގުނު ޕްރޮޖެކްޓްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ މި ތަސައްވަރު ހަގީގަތަކަށް ހެދުމަށް ދިރާގުގެ މުވައްޒަފުން، ޕާޓްނަރުން އަދި ސްޓޭކްހޯލްޑަރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުދަންނަވަން،” އިސްމާއީލް ރަޝީދު

ދިރާގުން މިއަދު ބުނީ އެ ކުންފުނި ހޯދި އެ ކަމިޔާބީއާ އެކު ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާސަލާތީ ޑޭޓާ ނެޓްވޯކް ގާއިމްވެފައިވާ ކަމަށެވެ. އަދި މިއީ ބޮޑެތި އަދި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެއް ކަމަށާއި މީގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން އިތުރަށް ބާރުވެރި މުޖުތަމައުތަކެއް ބިނާވެ، އެ ފަރާތްތައް ޑިޖިޓަލް މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށެވެ.

އަދި މިއީ ސަރުކާރުން ރާއްޖެ “ސްމާޓް ނޭޝަން” އެއްގެ ގޮތުގައި ގާއިމުކުރުމާއި މުޅި ރާއްޖޭގައި އިންޓަނެޓް ހިދުމަތުގެ ފެންވަރު މަތިކޮށް، އަގު ހެޔޮކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ގެނެވުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދިރާގުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެކައުންޓެންޓްސް ފޯރަމް ފަށައިފި

އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕެއިނެއް ފަށްޓަވާނެ: ޝަފީއު

ޓްރަންޕަށް މިއަހަރުގެ ނޯބަލް ޕީސް ޕްރައިޒް ހައްގު: ޕޫޓިން

ގެދޮރު ދޫކޮށް ހިޖުރަކުރި ފަލަސްތީނުގެ ރައްޔިތުން އެނބުރި އެމީހުންގެ ސަރަހައްދުތަކަށް ދަތުރު ފަށާއިފި

TTH_advertisement