ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަލާލު ގޮތުގައި މުދާ ހޯދުމަކީ، މުދަލުގައި ބަރަކާތްލައްވާނެ ކަމެއް: ޚުތުބާ

hukuru khuthuba

ހަލާލު ގޮތުގައި މުދާ ހޯދުމަކީ، މުދަލުގައި ބަރަކާތްލައްވާނެ ކަމެއް ކަމަށާއި މިއަދު މުޖުތަމަޢުގައި ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާމެދު ދީނުގައި އަންގަވާފައިވާ އުސޫލުތަކަށް އިހުމާލުވުމުންކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ “މުދަލުގެ ޙުރުމަތް” މި މަޢުޟޫއެވެ.

އަދުގެ މުޖުތަމަޢުގެ ޙާލާމެދު ފިކުރު ހިންގާލާއިރު، އަހަރުމެންނާ ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ މުދަލާމެދު ދީނުގައި އަންގަވާފައިވާ އުސޫލުތަކަށް އިހުމާލުވުމާއެކުގައިކަމަށާއި، މުޖްތަމަޢުގައި މިހާރު އާންމުވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި، ރިޝްވަތާއި، އަމިއްލަ މަސްލަހަތު އިސްކުރުމާއި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުންފަދަ އެންމެހައި ކަންކަމުން ދުރުހުލިވުމަށް ދީނުގައި ބާރުއަޅުއްވާފައިވާކަން ހުކުރު ޚުތުބާގައި ފާހަގަކުރެއްވިއެވެ.

އަދި ހަލާލު ގޮތުގައި މުދާ ހޯދުމަކީ، މުދަލުގައި ބަރަކާތްލައްވާނެ ކަމެއްކަމަށާއި، އަދި އެއީ އަހަރުމެންގެ ޢަމަލުތައް މާތްﷲގެ ހަޟްރަތުގައި ޤަބޫލުވެވޭނެ ކަމެއްކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

“އިސްލާމްވުމާއެކު، މާތްﷲ އެމީހަކަށް ފުދުންތެރިކަންދެއްވައި، އަދި އޭނާއަށް އެކަލާނގެ ދެއްވި އެއްޗެއްގެ މައްޗަށް ރިހިގެންވާ މީހާ، ހަމަކަށަވަރުން ކާމިޔާބުވެއްޖެއެވެ.” ޚުތުބާގައި ވިދާޅުވިއެވެ.

މާތްﷲ އިންސާނާއަށް ދެއްވާ މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ފާހަަގަކުރައްވާ ހުކުރު ޚުތުބާގައި ވިދާޅުވީ، އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްޤަކާނުލައި އަރައިގަތުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާކަމެއްކަމަށެވެ.

އަދި ބާތިލު ގޮތުގައި އެހެން މީހުންގެ މުދާ ނުކެއުމަށާއި، ހެޔޮގޮތުގައި ވިޔަފާރިކޮށްގެން ނުވަތަ ދީނުގައި ހުއްދަ ކުރައްވާފައިވާ މަސައްކަތެއްކޮށްގެން މުދާ ހޯދުމަށް ހުކުރު ޚުތުބާގައި ގޮވާލެއްވިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ، އެއްވެސް އިންސާނަކަށް މާތްﷲ ކަނޑައަޅުއްވާފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރީން އޭނާގެ އަޖަލާ ބައްދަލެއް ނުކުރާނެކަން ހަނދާންކޮށްދެއްވާފައެވެ.

އަދި ޙަރާމްގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތްކެނޑޭނޭކަމެއްކަމަށާއި، ކުރާ ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުމަށް ހުރަސްއެޅޭކަމެއްކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

އަދި ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ އެމީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަމުގެ ބޮޑުކަމުގެ މައްޗަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުއްވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru namaadu

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް: ޚުޠުބާ

khuthubaa hukuru

އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ ނުހަނު ބާރުއަޅުއްވައިފައިވާ ކަމެއް: ޚުޠުބާ

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ

hukuru khuthuba

ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް: ޚުތުބާ