ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާވެހި ސްކީމްގެ ފުރަތަމަ ބުރުގައި 23 ފަރާތަކަށް މާލީ އެހީ

TTH_Ads
STO_Ads
Advertisement

ސަރުކާރުން ތައާރަފްކޮށްފައިވާ ހިޔާވަހި ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި 23 ފަރާތަކަށް ފައިނޭންސިން ދިނުމަށް ނިންމައިފިއެވެ.

ހިޔާވެހި ފައިނޭންސިންގ ސްކީމްތަކުން ލޯނު ލިބޭ ބައެއް ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ހުޅުވާލި ހިޔާވެހި ފައިނޭންސިންގ ސްކީމްއަކީ އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާއި ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ. އަދި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބެއެވެ. މިގޮތުން އެންމެ ފުރަތަމަ ލޯނު ދޫކުރަން ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. އަދި މިހާރު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންއާއެކު އެއްބަސްވުން އެކުލަވާލުމަށް ތައްޔާރުވަމުން އަންނަކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

HajjCop_ads
Advertisement

އިމާރާތް ކުރުމާ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސްކީމްއަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމުން 2256 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ.

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމުގައި ހިމެނެނީ 3 ސްކީމެކެވެ. އެއީ ރަށްވެހި ފައިނޭންސިންގ ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް، ފަހިމާލެ ފައިނޭންސިން ސްކީމެވެ. މިގޮތުން ޞަހަރު ކެޓަގަރިން 586 އެޕްލިކޭޝަން ލިބިފައިވާއިރު ފަހި މާލެ ކެޓަގަރީން 341 އެޕްލިކޭޝަން އަދި ރަށްވެހި ކެޓަގަރީން 1329 އެޕްލިކޭޝަން ލިބިފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން ލޯނު ލިބުނުކަމުގެ ލިޔުން ބައެއް ފަރާތްތަކަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ މިއީ އެންމެ އަގުހެޔޮކޮށް ލޯނު ދޫކުރާ ސްކީމްކަމަށެވެ. އަދި އެހާ ކުޑަ އިންސައްތައެއްގައި ބީއެމްއެލްއިން ލޯނު ދޫކުރެވޭނީ ބޭންކަށް އާންމުކޮށް ދޭ ރޭޓަށް ސަރުކާރުން ސަބްސިޑީ ދިނުމުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މިހާރުވެސް 1400އަށް ވުރެ ގިނަ އެޕްލިކޭޝަންގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށެވެ.

“މިއީ ބޭންކްއަށާއި ފައިނޭންސް ލިބޭ ފަރާތްތަކަށް ފައިދާވާނެ ގޮތަށް ފަރުމާ ކޮށްފައިވާ ސްކީމެއް. ސްކީމަށް ހުށަހަޅާފައިވާ އެޕްލިކޭޝަން އިވެލުއޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ވާިަހާވެސް އެޕްރޫވަލް ޕްރޮސެސް ނިންމުމަށް ދަނީ މަސައްކަތް ކުރަމުން.” ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު

“ރަށްވެހި ފައިނޭންސިންގ ސްކީމް”ގެ ދަށުން 1 މިލިއަން ރުފިޔާ، މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަރބަން ސެންޓަރތަކުން “ސަހަރު ފައިނޭންސިންގ ސްކީމް”އަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ އަދި މާލެ ސަރަޙައްދަށް ޚާއްޞަ “ފަހިމާލެ ފައިނޭންސިން ސްކީމް”އަށް 6 މިލިއަން ރުފިޔާއާހަމައަށް ފައިނޭންސް ލިބޭނެއެވެ. މާލެ ސަރަޙައްދަށް ހުޅުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއި އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާގެ ފައިނޭންސަށް އެދެވޭގޮތަށް އުސޫލު އެކުލަވާލިއެވެ.

MWSC_ads
Avid_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލް އިން މާލީ ކުށްތަކާ ދެކޮޅަށް މުހިންމު ފިޔަވަޅެއް

WhatsApp Image 2026 05 03 at 15.42.27

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައިފި

bml

މިދިޔަ މަހުގެ ނިޔަލަށް ޓީޓީތަކަށް 136 މިލިޔަން ޑޮލަރު

ރާއްޖޭގައި ހުރި މީހެއްގެ ކާޑު ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދައި ދަރިވަރުންނަށް ޚާއްޞަ ކާޑެއް ދެނީ