ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ ސާފު ފައިދާ 1.93 ބިލިޔަނަށް، މިއީ 26 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް!

bml
ބީއެމްއެލް ހެޑް އޮފީސް —
STO_Ads
TTH_Ads
Maldivian_Ads
Advertisement

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބިއްޖެއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ބީއެމްއެލުން އާންމުކޮށްފައިވާއިރު، އޭގައިވާ ގޮތުގައި މިދިޔަ ސެޕްޓެންބަރު 30 ގެ ނިޔަލަށް ލިބުނު ފައިދާއަކީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 26 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 647.2 މިލިޔަން ރުފިޔާ ވަނީ ރިކޯޑުކުރެވިފައިކަމަށް ބީއެމްއެލުން ބުންޏެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 36 ޕަސަންޓުގެ އިތުރު އަދަދެއްކަމަށް ބީއެމްއެލުން ބުންޏެވެ. އަދި މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 874.8 މިލިޔަން ރުފިޔާ އަދި އިންޓަރެސްޓް ނޫން އެހެނިހެން މުއާމަލާތްތަކުން 377.53 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.

HajjCop_ads
Advertisement

ބީއެމްއެލުން ބުނީ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 38 ޕަސަންޓުގައި ކަމަށާއި، މިއީ މާލީ އިދާރާތަކުން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ކަމަށްވާ 12 ޕަސެންޓާ އަޅައިބަލާއިރު ތިންގުނަ މަތީ އަދަދެއްކަމަށް ބީއެމްއެލުން ބުންޏެވެ.

ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްތައް 14 ޕަސެންޓަށް އިތުރުވެފައިވާއިރު އެއީ ޖުމްލަ 42.36 ބިލިޔަން ރުފިޔާކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށްވާނެ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ފައިސާގެ ދައުރުވުން ވަރުގަދަކޮށް އޮތުމުގެ އިތުރުން ކަސްޓަމަރުންގެ އިތުބާރުގެ ސަބަބުން ބެލެންސް ޝީޓް މެދުކެނޑުމެއްނެތި ފުޅާވަމުންދާކަމަށް ޝަރީފު ވިދާޅުވިއެވެ.

މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ލޯނު ދޫކުރުމުގެ ރެކޯޑެއްވެސް ބޭންކުންވަނީ ގާއިމުކޮށްފައިކަމަށް ބީއެމްއެލުން ބުންޏެވެ. އެގޮތުން، އަލަށް ދޫކުރި ލޯނުގެ ޖުމްލަ އަދަދު 12.1 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މުޅި ޖުމްލައަށްވުރެވެސް މަތީ އަދަދެއްކަމަށް ބީއެމްއެލުން ބުންޏެވެ.

މީގެއިތުރުން 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް 2.86 ބިލިޔަން ޑޮލަރުވަނީ ރާއްޖޭން ބޭރަށް ފޮނުވާފައިކަމަށް ބީއެމްއެލުން ބުންޏެވެ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 31 އިންސައްތައިގެ އިތުރުވުމެއްކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، އެ ނަތީޖާ ހާސިލުކުރެވުނީ އިގްތިސޯދީ ގޮތުން މުހިންމު ދާއިރާތަކަށް ދޫކުރި ލޯނުތަކާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާވުމުގެ ސަބަބުންނެވެ.

އެގޮތުން، ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ 28 ޕަސަންޓުގައި ހިފެހެއްޓިފައިވާއިރު، މިއީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ ހިންގުންތެރި އެއް މިންގަނޑުކަމަށް ބީއެމްއެލުން ބުންޏެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

މިއަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް އަހަރަށްވާނެ: ޝަރީފް

ބީއެމްއެލްގެ އެހީ ނަރސަސް އެސޯސިއޭޝަންގެ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ބާއްވައިފި

bml

އޭޓީއެމް މެދުވެރިކޮށް މަހަކު ނެގޭނީ 3،500 ޑޮލަރު ކަމަށް ބީއެމްއެލުން ކަނޑައަޅައިފި

Main 20260922

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލް