ދުނިޔޭގެ އެންމެ ޝަރަފުވެރި ޓޫރިޒަމް އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ މި އަހަރުގެ ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ މަގާމަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
މިދިޔަ ފަސް އަހަރު ވެސް ރާއްޖެއިން ވަނީ ޓޫރިސްޓުންގެ މެދުގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ދިފާއުކޮށްފައެވެ.
މިއަހަރު ރާއްޖެއިން އަންނަނީ އެ މަގާމުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ވެސް ވާދަކުރަމުންނެވެ. އެ ދެ އެވޯޑަށް ވޯޓުލުން ކުރިއަށް ދާނީ މިމަހުގެ 6 އިން 26 ގެ ނިޔަލަށެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނި ގޮތުގައި އެ މަގާމު ހާސިލުކުރެވިއްޖެ ނަމަ، ރާއްޖޭއިން ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި އާދަތައް ޓޫރިޒަމްގެ ސިނާއަތުގައި އެކަށައެޅުމަށް ކުރާ މަސައްކަތުގެ ކާމިޔާބީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭނެ ކަމަށެވެ.
“މިއީ ރިސޯޓް، ގެސްޓް ހައުސް، ލިވްއަބޯޑް އަދި މުޅި ސިނާއަތުގެ ބައިވެރިންގެ ބައިވެރިވުން ހިމެނޭ ބޮޑު ޝަރަފެއް. ވޯޓުލުން ފެށުމާ އެކު މި މަގާމުތައް ދިފާއުކުރުމަށް ހުރިހާ އެންމެން ގުޅިގެން ފޯރީގައި ވޯޓުދެއްވުމަކީ ދިވެހީންގެ ފަހުރުކަމަށްވާ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭނެ ބޮޑު ހިތްވަރެއް،” ވިޒިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ
ދުނިޔޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 ވަނަ އަހަރު ތައާރަފުކުރި، ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ އެވޯޑެވެ.
ކިޔުންތެރިންގެ ހިޔާލު