ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

500 މިލިއަން ޑޮލަރުގެ ސުކޫކަށް އޮކްޓޯބަރު މަހުގެ ޕޭމަންޓަށް 24 މިލިއަން ޑޮލަރު

finance

ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ މި އަހަރުގެ އޮކްޓޯބަރު މަހުގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ފިނޭންސް މިނިސްޓްރީން ދައްކައިފިއެވެ.

މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހުއެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އޭޕްރިލް 2026 ގައެވެ.

ދިވެހި ސަރުކާރުން ތާވަލާ އެއްގޮތަށް ސުކޫކު ފައިސާ އަނބުރާ ދެއްކުމަށް، އެންމެފަހުގެ ކޫޕަން ފައިސާ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރާއި، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު އޭޕްރިލް 2026 ގައި މުއްދަތު ހަމަވާއިރު ދައްކައި ނިންމާނެ ކަމަށް ފިންނޭންސް މިނިސްޓްރީން ބުންޏެވެ.

މިހާތަނަށްވެސް ފިނޭންސް މިންސްޓްރީން ވަނީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނެގި ސޫކޫކަށް ދައްކަންޖެހޭ ކޫޕަން ޕޭމަންޓުތައް ގަވާއިދުން ދައްކައިފައެވެ.

ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިހިނގާ އޮކްޓޯބަރު މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތެވެ.

ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ އެސެޓްލްމަންޓަށް ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

finance

ބަޖެޓު ސާޕްލަސް 1.9 ބިލިއަން ރުފިޔާއަށް އަރައިފި

finance

މުދާ އެތެރެކުރާވަރަށް ރިޒާވްގައި ބޭރުފައިސާ އެބަހުރި: ފިނޭންސް

ރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ ކަންޓްރީ ޕާޓްނަޝިޕް ފްރޭމްވޯކްއެއްގައި ސޮއިކޮށްފި