ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިތުގެ ދުޅަހެޔޮކަމާއި ހިތުގެ ބަލިތަކަށް ކެމްޕެއިނެއް ޓްރީ ޓޮޕުން ފަށަނީ

TTH_Ads
STO_Ads
Advertisement

މުޖުތަމައުގައި ހިތުގެ ދުޅަހެޔޮކަމާއި ހިތުގެ ބަލިތަކާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް، ޓްރީ ޓޮޕް ހޮސްޕިޓަލުން “ހިތުގެ ވިންދުން ދުޅަހެޔޮ މާދަމަޔަށް” ގެ ނަމުގައި ކެމްޕޭނެއް ފެށުމަށް ހަމަޖައްސައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ، މާދަމައިން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އެ ކެމްޕޭނަކީ އަސާސީ ހިތުގެ ފަރުވާ ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހެދުމަށް ހުރި މާލީ ހުރަސްތައް ނައްތާލުމަށް ފަރުމާކުރެވިފައިވާ ކެމްޕޭނެއް ކަމަށެވެ.

“މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ބައިވެރިވާ ފަރާތްތަކަށް އެއްވެސް މާލީ ބުރައެއް ނެތި، ފެންވަރު މަތި ސިއްހީ ހިދުމަތާއި ހާއްސަ ޑޮކްޓަރުންގެ މަޝްވަރާ އަދި މުހިންމު މެޑިކަލް ޓެސްޓްތައް ހެދުމުގެ ފުރުސަތު މުޖުތަމައުގެ ގިނަ ބަޔަކަށް ފޯރުކޮށްދިނުން” ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ

HajjCop_ads
Advertisement

ކެމްޕޭނުގައި ކުރިއަށް ގެންދާ މައިގަނޑު ކަންކަން:

ހިލޭ ޑޮކްޓަރަށް ދެއްކުން: އެއްވެސް ހަރަދެއް ނެތި ހިތުގެ ޑޮކްޓަރުންނަށް ދެއްކުން
ހިލޭ އެންޖިއޯގްރަފީ ޓެސްޓް: ޑޮކްޓަރު ލަފާދީފިނަމަ، އެންޖިއޯގްރަފީ ޓެސްޓް ހިލޭ
ފަންނީ މެޑިކަލް ޓީމް: ކެމްޕޭން ކުރިއަށް ގެންދާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ހިތުގެ ބަލީގެ ކޮންސަލްޓަންޓުން ކަމަށްވާ ޑރ. އަމިތް އަގަރުވާލް، ޑރ. މޫސާ މަނިކު، އަދި ޑރ. އަޒީޒް އަހުމަދު ގެ ބެލުމުގެ ދަށުން
ފަސޭހަ ރަޖިސްޓްރޭޝަން: ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓާ ކުރުވޭނެ. އަދި ރަޖިސްޓާ ކުރުމުން، ހޮސްޕިޓަލުގެ ކޯލް ސެންޓަރުން އެޕޮއިންޓްމަންޓް ކަށަވަރުކުރުމަށް ގުޅާނެ
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، މިހާރުގެ ދުނިޔޭގައި އިންސާނުންގެ ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ގޮންޖެހުންތަކުގެ ތެރޭގައި ހިތުގެ ބަލިތައް ހިމެނޭ ކަމަށެވެ. މި ބަލިތަކުގެ ފަރުވާ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނީ ވީހާވެސް އަވަހަކަށް ބަލީގެ އަލާމާތްތައް ދެނެގަނެ، އެކަށީގެންވާ ފަރުވާ ފެށުމުން ކަމަށްވެސް ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ކެންޕޭނާ އެކު އެ ހޮސްޕިޓަލުން މަސައްކަތް ކުރަނީ ހިތުގެ ދުޅަހެޔޮ ކަމަށް ސަމާލުކަން ދިނުމަށް މީހުން ހިތްވަރުދިނުމަށް ކަމަށެވެ. އެގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތި ޓެސްޓުތައް ފެށުމުގެ ފުރުސަތު ކެމްޕެއިންގެ ތެރެއިން ލިބޭ އިރު، ކޮންސަލްޓޭޝަން އަދި އެންޖިއޯގްރަފީ ވެސް ހިލޭ ދެވޭނެ ކަމަށް ބުންޏެވެ. ނަމަވެސް އެހެނިހެން ހުރިހާ ޓެސްޓުތަކާއި ފަރުވާތަކަށް ހޮސްޕިޓަލުގެ އާންމު އުސޫލުން ފީ ނެގޭނެ ކަމަށް ބުންޏެވެ.

“ހިތުގެ ވިންދުން ދުޅަހެޔޮ މާދަމަޔަށް” ކެމްޕެއިންގައި ރަޖިސްޓްރީ ކުރުމަށް: https://forms.gle/SrwxSsf2FmdDzcU2A

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އިތުރު މައުލޫމާތު 3351630 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ލިބޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ވެކްސިންގެ މުހިންމުކަމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ޚާއްސަ ސީއެމްއީ ސެޝަނެއް ބާއްވައިފި

988

ޑރ. ޕަންކަޖް: ހޯމޯންއާއި މެޓަބޮލިކް އާއި ހަކުރުގެ ބަލިތަކަށް ފަރުވާދިނުމުގައި ތަޖުރިބާކާރު ޑޮކްޓަރެއް

tree top

ޓްރީޓޮޕްގެ ހެލްތު ކޭމްޕެއް މިމަހު 10 އަދި 11ގައި ށ. ފުނަދޫގައި

tree top

ރޯދަ މަހު ޓްރީ ޓޮޕުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފި