ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާ ހިތްހެޔޮ ބައެއްކަމަށް ދައްކަން އިސްރާއީލު ސިފައިންގެމީހާ ދިއްކޮށްލި ސޭންޑްވިޗްގައި ގްރެޓާ ނުހިފި

ސްވިޑަންއަށް ނިސްބަތްވާ މަޝްހޫރު ސިޔާސީ އަދި ކްލައިމެޓް އެކްޓިވިސްޓް ގްރެޓާ ޓުމްބަރގްއަށް އިސްރާއީލު ސިފައިންގެ މީހަކު ސޭންޑްވިޗެއް ދިއްކޮށްލަނީ:
STO_Ads
TTH_Ads
Advertisement

“ގްލޯބަލް ސުމޫދް ފްލޮޓިލާ” ގާފިލާގައި ހިމެނޭ ބޯޓުތަކަށް ރޭގައި ހަމަލާދޭން ފެށުމުގެކުރިން އިސްރާއީލު ސިފައިންގެ މަނަވަރުތައް އެންމެ ފުރަތަމަ ވަށާލީ، ގާފިލާގައި ހިމެނޭ އެންމެބޮޑު ބޯޓު ކަމަށްވާ “އަލްމާ” އާއެވެ.

“އަލްމާ” ގެ ދެފަރާތުން މަނަވަރުތައް ގާތްކުރުމަށްފަހު ބޯޓަށް އަރައި، ބޯޓުގައި ތިބި އެންމެން ހައްޔަރު ކުރުމަށްފަހު ބޯޓުގެ ލައިވް ސްޓްރީމް ކަނޑާލައި، ކެމެރާތައް ކަނޑާލައި، މުވާސަލާތީ ޚިދުމަތްވެސް ކަނޑާލިއެވެ.

“އަލްމާ” އަކީ، ގާފިލާގެ ސްޓިއަރިން ކޮމިޓީގެ މެމްބަރުން ދަތުރުކުރާ މައި ބޯޓެވެ.

HajjCop_ads
MMA_Ads
Advertisement

އެ ބޯޓުގައި ތިބި މީހުންގެ ތެރޭގައި، ސްވިޑަންގެ މަޝްހޫރު ސިޔާސީ އަދި ކްލައިމެޓް އެކްޓިވިސްޓް ގްރެޓާ ޓުމްބަރގްވެސް ހިމެނެއެވެ. އަދި “ގްލޯބަލް ސުމޫދް ފްލޮޓިލާ” ގެ ޓީމް ލީޑަރު ތިއާގޯ އެވިއާވެސް ހުރީ އެ ބޯޓުގައެވެ. އަދި ސްޓިއަރިން ކޮމިޓީގެ އެހެން މެމްބަރުންވެސް ތިއްބެވެ.

އެ ބޯޓަށް އިސްރާއީލު ސިފައިން އަރައިގަންނަ މަންޒަރު ފެންނަ ވީޑިއޯތައް މުޅި ދުނިޔޭގައި ދަނީ ދައުރުވަމުންނެވެ. އަދި ގްރެޓާ ޓުމްބަރގާއި، ޓީމް ލީޑަރު ތިއާގޯ އެވިއާއާއި، އެހެން މެމްބަރުން އަތްމައްޗަށް ނަގާ މަންޒަރާއި، އެމީހުންގެ ގަޔަށް ޕްރެޝަރުގައި ފެންޖަހާ މަންޒަރާއި، ހައްޔަރުކުރާ މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.

ގްރެޓާ ޓުމްބަރގް ހައްޔަރު ކުރުމަށްފަހު އިސްރާއީލު ސިފައިން އޭނާގެ އަތަށް ޖެކެޓެއް ދޭ މަންޒަރުވެސް ފެނެއެވެ.

އަދި އިސްރާއީލު ސިފައިންގެ މީހަކު ގްރެޓާ ޓުމްބަރގްއަށް ޕެކްކޮށްފައި އޮތް ސޭންޑްވިޗެއް ދިއްކޮށްލާ މަންޒަރު ފެންނަ ފޮޓޯއެއްވެސް އާންމުވެފައި ވެއެވެ.

“ގްލޯބަލް ސުމޫދް ފްލޮޓިލާ” އިން ބުނެފައިވަނީ، އިސްރާއީލު ސިފައިންގެ މީހާ ސޭންޑްވިޗް ދިއްކޮށްލުމުން ގްރެޓާ ހިނިތުންވެލާއި، އޭގައި ހިފުމަށް އިންކާރުކުރީ ކަމަށެވެ.

އަދި ބުނެފައިވަނީ، އިސްރާއީލު ސިފައިން އެހާ އޯގާތެރިނަމަ “ގްލޯބަލް ސުމޫދް ފްލޮޓިލާ” ސަލާމަތްތެރި ކަމާއެކު ޣައްޒާއަށް ދިއުމަށް ހުރަސްނޭޅިސް ކަމަށެވެ.

“ގްލޯބަލް ސުމޫދް ފްލޮޓިލާ” ގައި ހުރީ ޣައްޒާގެ ތުއްތު ކުދިންނަށް ދޭން ގެންދާ ބޭބީ ފޯމިއުލާ ބުއްދަޅުތަކާއި، ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހުގެ ސާމާނެވެ.

ގްރެޓާ ޓުމްބަރގްއަށް ސޭންޑްވިޗެއް ދިއްކޮށްލައި، އަދި ގަދަފިނިން ރައްކާތެރިވުމަށް އޭނާއަށް ޖެކެޓެއްދިނުމަށްފަހު އެ މަންޒަރު ދުނިޔެއަށް ދައްކައި އިސްތިއުމާރީ އިސްރާއީލުން އުޅުނީ ޕްރޮޕަގެންޑާ ފަތުރާށެވެ. މާ ހިތްހެޔޮ ބައެއްކަމަށް ދުނިޔެއަށް ދައްކާށެވެ.

އެކަމަކު، އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އަންހެނުން ހިމެނޭހެން އާއިލާތައް އެކުގައި ޝަހީދުކުރަމުންދާކަމާއި، އިސްތިއުމާރީ ސިފައިންނަކީ ބަޔަކަށް އޯގާތެރިވާނޭ ބައެއް ނޫންކަން މުޅި ދުނިޔެވެސް ދަނެއެވެ.

މުޖުރިމު ނަތަންޔާހޫ ގެންދަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް މަރަމުންނެވެ. ކާނޭ އެއްޗެއް ނުލިބޭ ތާނގައި، ތުއްތުކުދިން ބޯ ބުއްދަޅު އެތެރެކުރުން ހުއްޓުވާފައި އޮތުމުގެ ސަބަބުންވެސް އެތައް ކުދީން މަރުވަމުން އެބަދެއެވެ. “ގްލޯބަލް ސުމޫދް ފްލޮޓިލާ” ޣައްޒާއަށް ދަތުރުފެށީ ބޭބީ ފޯމިއުލާވެސް ހިފައިގެންނެވެ.

އެކަމަކު، މުޖުރިމު ނަތަންޔާހޫ ސިފައިންނަށް އަމުރުކުރީ، އެ ބޯޓުތައް ޣައްޒާއާ ހަމައަށް ފޯރައިގެން ނުވާނޭ ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި

ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރަށް ވަރުގަދަ ވެއްޖެ، އިސްތިއުމާރީ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް