ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ގްލޯބަލް ސުމުދް ފްލޮޓިލާ” ހެދުނު 10:00 ޖަހާއިރު ޣައްޒާއަށް ފޯރާނެ، މިރޭ ވާނެގޮތަކާމެދު އެންމެން ނޭވާ ހިފަހައްޓާލައިގެން

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ ބޯޓެއް:
STO_Ads
TTH_Ads
Advertisement

އިތުރު ހުރަސްތަކެއް ކުރިމަތި ނުވާނަމަ “ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާ، ފަލަސްތީނު ގަޑިން މާދަމާ ހެދުނު 10:00 ގައި ޣައްޒާއަށް ފޯރާނޭ ކަމަށް، ގާފިލާ އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

ގާފިލާގައި ހިމެނޭ ބޯޓުތައް “އޮރެންޖް ޒޯން” އަށް ވަނުމުގެކުރިންނާއި، އަދި މިހާރުވެސް ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ނަޒަރު ހުއްޓިފައިވަނީ ގާފިލާއަށެވެ.

އަދި، މިއަހަރުގެ ކުރީކޮޅު ޣައްޒާގެ ހިސާރު ފޫއަޅުވާލަން ދިޔަ ބޯޓަކަށް އިސްރާއީލު ސިފައިން ހަމަލާދިން ޕޮއިންޓް ފަހަނައަޅައިވެސް، “ގްލޯބަލް ސުމުދް ފްލޮޓިލާ” މިހާރުވަނީ ދަތުރުކޮށްފައެވެ.

MMA_Ads
HajjCop_ads
Advertisement

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ ހުރިހާ ބޯޓުތަކަކުން ދަތުރު ލައިވް ސްޓްރީމް ކުރަމުން ގެންދާއިރު، ވަށައިގެން ކެމެރާތައް ޖައްސައި، އަދި ކުއްލި ހަމަލާއެއް އަތުވެދާނެ ކަމަށް ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

ބޯޓުތަކުގައި ތިބި ދުނިޔޭގެ 46 ގައުމަކަށް ނިސްބަތްވާ މީހުން ކެނޑިނޭޅި ގެންދަނީ، މީހުންނާއި، ބޯޓުތަކަށް އިސްރާއީލުން ދީފާނެ ހަމަލާއަކުން ސަލާމަތް ކުރުމަށް އެ ގައުމުތަކުގެ ސަރުކާރުތަކަށް ޕްރެޝަރ ކޮށްދޭން އާންމުންގެ ކިބައިން އެދެމުންނެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ޣައްޒާއަށް ފޯރުމާއި ނުފޯރުން ގުޅިފައިވަނީ މިރެއާއެވެ.

ގާފިލާގައި ހިމެނޭ ބޯޓުތަކަށް އިސްރާއީލު ސިފައިން ރޭ ކަނު އަނދިރީގައި ހުރަސްއަޅަން މަސައްކަތް ކޮށްފައި ވާއިރު، މިރެއަކީ އެންމެ ނާޒުކު ރޭ ކަމަށް ބައިވެރިން ބުނެއެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” އަށް އޮތީ ދެގޮތް މެދުވެރިވުމެވެ. އެއްގޮތަކީ، ޣައްޒާއަށް ވާސިލްވުމެވެ. ދެވަނަ ގޮތަކީ އިސްރާއީލު ސިފައިން ހަމަލާދީ ބޯޓުތައް ހުއްޓުވުމެވެ.

ގާފިލާގެ ބައިވެރިން ދުނިޔެއަށް އިލްތިމާސް ކުރަމުން ގެންދަނީ އިންސާފަށް ތާއީދުކުރުން ނުވަތަ އަދިވެސް ހަނު ތިބުމާމެދު ގޮތެއް ނިންމުމަށެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެތައް ޖަމާއަތަކުންނާއި، ދުނިޔޭގެ އެތައް ލީޑަރުންނެއް ވަނީ، ގާފިލާއަށް ހުރަސް ނޭޅުމަށާއި، ގާފިލާއަށް ރައްކާތެރިކަން ދިނުމަށް ގޮވާލަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
MMA_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި

ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރަށް ވަރުގަދަ ވެއްޖެ، އިސްތިއުމާރީ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް