ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނު އަނދިރީގައި އިސްރާއީލުގެ ބޯޓުތައް އައީ ލައިޓްވެސް ނިއްވާލައިގެން، ހުރަސްއެޅިނަމަވެސް ގާފިލާގެ ދަތުރު ކުރިއަށް

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާގައި ހިމެނޭ ބޯޓެއްގައި ފަލަސްތީނުގެ ދިދަ ވިހުރުވަނީ:
Maldivian_Ads
STO_Ads
TTH_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓުން ކަނު އަނދިރީގައި އައިސް “ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާއަށް ހުރަސްއެޅުމަށް ހިންގި ޖަރީމާތަކަށްފަހު، ގާފިލާގެ ދަތުރު މިހާރު ކުރިއަށްދާ ކަމަށް ޚަބަރު ލިބެއެވެ.

އިސްރާއީލުގެ ކަނޑުގެ ސިފައިންގެ މަނަވަރަކާއި، އިތުރު ކުދި ބޯޓުތައް ވަނީ، ގާފިލާގެ ވަށައިގެން ދުއްވައި، ހުރަސް އެޅުމުގެ އަމަލުތަކެއް ހިނގްގާއެވެ. ގިނަ ބޯޓުތައް އައީ ލައިޓްވެސް ނިއްވާލައިގެން ކަމަށް، “ގްލޯބަލް ސުމުދް ފްލޮޓިލާ” އިން ބުނެއެވެ.

އަދި އިސްރާއީލުގެ ކަނޑުގެ ސިފައިންގެ މަނަވަރުވަނީ، “ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ އެންމެ ބޮޑު ބޯޓުކަމަށްވާ “އަލްމާ” އާ ވަރަށް ގާތުން ދުއްވައި ނުރައްކާކޮށްފައެވެ.

HajjCop_ads
Advertisement

އެންމެބޮޑު ބޯޓުތައް ކަމަށްވާ “އަލްމާ” އާއި “ސިރިއަސް” ގެ މުއާސަލާތީ ވަސީލަތް ހަލާކޮށް، ގާފިލާގެ ބޯޓުތަކުގެ މުއާސަލާތީ ޚިދުމަތް ޖޭމްކުރުމުގެ އަމަލުތަކެއްވެސް ހިންގާފައިވާ ކަމަށް، ދަތުރު އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

އިސްރާއީލު ސިފައިން 45 ވަރަކަށް މިނެޓް ވަންދެން “ގްލޯބަލް ސުމުދް ފްލޮޓިލާ” އަށް ހުރަސްއެޅުމުގެ އަމަލުތަކެއް ހިންގާފައި ވެއެވެ.

އަދި އިރު އެރުމުގެކުރިން ގާފިލާ ނުފެންނަ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ބުނެއެވެ.

އިސްތިއުމާރީ ސިފައިން ހިންގި ހުރަސްއެޅުމުގެ އަމަލުތަކުގެ ތެރޭގައި “ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ އެއްވެސް ބޯޓެއްގެ މީހަކަށް ކަމެއް ނުވާ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް، މިއީ، ކުރިއަށްހުރި ވަގުތުތަކުގައި އިސްރާއީލުން ގާފިލާއަށް ހަމަލާދޭން ވެފައިވާ ތައްޔާރީތަކުގެ ބައެއް ކަމަށް އެމީހުން ދެކެއެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާގައި 50 އާ ގާތްކުރާ އަދަދަކަށް ބޯޓުތައް ދަތުރުކުރަމުންދާއިރު، އެ ބޯޓުތަކުގައި ދުނިޔޭގެ 46 ގައުމަކަށް ނިސްބަތްވާ 500 އަށްވުރެ ގިނަ މީހުން ދަތުރުކުރަމުން ގެންދެއެވެ.

ބޯޓުތަކުގައި ހިމެނޭ މީހުން ބުނަމުން ގެންދަނީ އެމީހުންނަށް ވަރަށް އަވަހަށް ޣައްޒާގެ އައްސޭރިފަށް ފެންނާނޭ ކަމަށެވެ.

ނަމަވެސް، އޭގެކުރިން އިސްރާއީލުން ގާފިލާއަށް ހަމަލާދޭނޭ ކަމަށް ބެލެވިފައި ވެއެވެ.

ޣައްޒާގެ ހިސާރު ފޫއަޅުވާލަން ކުރިން ދަތުރުކުރި މަދު ބޯޓުތަކަށް އިސްރާއީލު ކޮމާންޑޯއިން އަރައި މީހުން ހައްޔަރުކޮށް، ބޯޓުތައް ފެއްތި ނަމަވެސް، މިފަހަރު ގިނަ ބޯޓުތަކެއްގައި އެތައް ބަޔަކު އަންނާތީ އިސްރާއީލުން  ކަންތައް ކުރާނެގޮތެއް އަދިވަނީ ނޭނގުމެއްގެ ތެރޭގައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަތަންޔާހޫގެ މަތިންދާ ބޯޓު ދިޔައީ ފްރާންސްގެ ވައިގެ ސަރަހައްދުން، އެމްނެސްޓީން ބުނަނީ ފްރާންސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި