ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ މިހާތަނަށް 91 ރަށުގައި ބީއެމްއެލް އޭޓީއެމް

Maldivian_Ads
STO_Ads
TTH_Ads
Advertisement

މިއަހަރުގެ މިހާތަނަށް 91 ރަށުގައި ބީއެމްއެލް އޭޓީއެމް ޤާއިމްކޮށް 122،000އަށްވުރެ ގިނަ މުޢާމަލާތް އެތަންތަނުން ކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

“މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް” ގެ ނަމުގައި މިދިޔަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ޚާއްސަ މަޝްރޫޢެއް ފަށްޓަވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަޝްރޫޢުގެ ދަށުން މިއަހަރުގެ މިހާތަނަށްވަނީ 91 ރަށެއްގައި އޭޓީއެމް ވަނީ ހުޅުވާފައެވެ. މިއޭޓީއެމް މެދުވެރިކޮށް 122000 މުޢާމަލާތުކޮށްފައިވާކަމަށް ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މުއާމަލާތްތަކުގެ ފައިސާގެ ޖުމްލަ އަދަދު 313 މިލިޔަން ރުފިޔާއަށް އަރާއިރު، ޖަމާކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދު 145 މިލިޔަން ރުފިޔާއަށް އަރައެވެ.

HajjCop_ads
Advertisement

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބީއެމްއެލްގެ އޭޓީއެމް ވިއުގައިން މާލޭގައި ދުވާލަކު 14،000 ޓްރާންސެކްޝަން ހަދައި 78 މިލިއަން ރުފިޔާ ދައުރުކުރެއެވެ. އަދި އަތޮޅުތަކުގައި ދުވާލަކު 9،000 ޓްރާންސެކްޝަން ހަދާއިރު ދައުރުކުރާ ފައިސާގެ އަދަދަކީ 25 މިލިއަން ރުފިޔާއެވެ.

މާލެ ފިޔަވައި ބީއެމްއެލް އޭޓީއެމް ގާއިމުކޮށްފައިވާ ރަށްތަކުގެ އަދަދު މިހާރު 187 އަރާއިރު، ބީއެމްއެލް އޭޓީއެމްތަކުގެ ޖުމުލަ އަދަދު މިވަނީ 246 އަރާފައެވެ.

ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް އެންމެފަހުން ފަށާފައިވަނީ ރ. އަތޮޅުގެ 9 ރަށެއްގައެވެ. ރ. ފައިނުގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއަހަރު ފެށުނު އިރު މީހުން ދިރިއުޅޭ ދެބައި ކުޅައެއްބައި ރަށްރަށުގައި އޭޓީއެމް ގާއިމުކުރެވިފައި ނުވާކަމަށެވެ. ނަމަވެސް “މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް” މަޝްރޫޢުގެ ދަށުން ރަށްށުގައި މި ޚިދުމަތް މިހާރު ގާއިމުވެގެން ދިއުމުން އެހެން ރަަށަކަށް ދަތުރު ނުކޮށް އަމިއްލަ ރަށުން މިޚިދުމަތް ލިބިގެން ދިއުމުން ރަށްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

“ރަށުގައި ތިއްބަވައިގެން ބޭންކިން ޚިދުމަތް ލިބޭނެ. އެހެން ރަށަކަށް ދަތުރުކުރާކަށް ޖެހިވަޑައި ނުގަންނަވާނެ. ފިހާރަތަކަށާއި ވިޔަފާރިތަކަށް ލިބޭ ފައިސާ ވަގުތުން ޖަމާ ކޮށްލެވޭނެ. ގޭގަ އަތުގައި ފައިސާ ބެހެއްޓުމުގެ ބަދަލުގައި ބޭންކު އެކައުންޓުގައި ފައިސާ ބަހައްޓާ ބޭނުންވީމަ ފައިސާ ނެގޭނެ ނިޒާމު ހަމަޖެހިގެން މިދިޔައީ. ޓްރާންސްފަރ ކުރުމާއި އެހެނިހެން ކަންކަންވެސް ޑިޖިޓަލީ ހަމަޖެހިގެން މިދިޔައީ. އެހެންވީމަ މީ ވަރަށް ބޮޑު ފަސޭހައެއް.” ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ރަށްރަށުގައި ބީއެމްއެލްއިން ބަހައްޓާ އޭޓީއެމްތަކަކީ ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތުގެ އިތުރުން އަސާސީ ބޭންކިން ޚިދުމަތްތައް ލިބޭ އޭޓީއެމްތަކަށްވުމުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ބޭންކިން ޚިދުމަތް ހޯދުމަށް މިމަޝްރޫޢުގެ ސަބަބުން މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ޤައުމީ ބޭންކުން ދަނީ ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި