ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައްދޫ އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލަ ޕީޖީއަށް ފޮނުވައިފި

Dd
STO_Ads
TTH_Ads
Maldivian_Ads
Advertisement

ލ. ކައްދޫގައި މި އަހަރުގެ އޮގަސްޓު މަހު ހިނގި ސައިކަލު އެކްސިޑެންޓެއްގައި އަންހެނަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ހުށަހަޅާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37 އަހަރު) ގެ މައްޗަށެވެ.

އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، އަދި ޓްރެފިކް ގަވާއިދާ ޚިލާފުވެގެން އެކި ފަހަރު މަތިން ޖޫރިމަނާކޮށްފައިވާ މީހެކެވެ.އެކްސިޑެންޓް ހިނގާފައިވަނީ އޮގަސްޓު 15 ވަނަ ދުވަހު ކައްދޫގެ ކަފިހިހުރަސް މަތިން މަގު ހުރަސްކުރަމުންދިޔަ ދެ މީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް ޖެހުމުންނެވެ.

HajjCop_ads
Advertisement

މި ހާދިސާގައި އަނިޔާވި 64 އަހަރުގެ އަންހެނަކު ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.މި މައްސަލައާ ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު މުޙައްމަދު ނައުސާން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ސެޕްޓެންބަރު 25 ވަނަ ދުވަހުއެވެ. އަދި އެ އޮފީހުން މައްސަލަ ބަލައިގަނެފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ބައިވެރިވުން

ފ. އަތޮޅުގައި ފަސްޓް އެއިޑް ޓްރެއިނިންގ ކޯހެއް ކުރިއަށް ގެންގޮސްފި

Igmh

މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި