ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން ބީއެމްއެލް ކްރެޑިޓު ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުވާނެ: ރައީސް

STO_Ads
TTH_Ads

އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.

ކޮވިޑް-19ގެ އާލަމީ ވަބާގައި ރާއްޖެެއަށް ބޭރު ފައިސާ ލިބޭ މިންވަރު މަދުވުމާއެކު ބޭންކް އޮފް މޯލްޑިވްސްގެ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކާއި ވިސާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްކުރެވޭ މިންވަރު ކުޑަކުރުމަށް ނިންމިއެވެ. އެގޮތުން ބީއެމްއެލް ޑެބިޓު ކާޑުތަކުން ޑޮލަރުގެ މުއާމަލާތްކުރެވޭނީ މަހެއްގެ މައްޗަށް 250 ޑޮލަރާ ހަމައަށް ކަނޑައަޅައި، ކްރެޑިޓު ކާޑުގެ ލިމިޓު 750 ޑޮލަރާ ހަމައިގަ ހިފަހެއްޓިއެވެ.

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭންކުތަކަށް ޑޮލަރު ވަންނަ މިންވަރު އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވިއެވެ. އެންމެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެނީ ބޭރު ފައިސާއާ ބެހޭ ގާނޫނެއް ތަސްދީގުކުރައްވައި، އެއަށް އަމަލުކުރަން ފެށުމެވެ.

HajjCop_ads

އެ ގާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ބޭރު ފައިސާ ދިވެހިރާއްޖޭގެ ބޭންކަކަށް ޖަމާކުރުން ލާޒިމުކުރިއެވެ. އަދި ބޭރު ފައިސާއިން ވަކި މިންވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ވަކި ނިސްބަތެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކުރިއެވެ.

ރައީސް މިއަދު ސޯޝަލް މީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރުގެ ލިމިޓު ބޮޑުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެބްރުއަރީ އެކެއް 2026 ވަނ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްލެސިކް ކްރެޑިޓް ކާޑުގެ ލިމިޓު 750 ޑޮލަރުން، 1400 ޑޮލަރަށް އިތުރުކުރާނެ ކަމަށެވެ.

އޭގެ އިތުރަށް ބީއެމްއެލްގެ ގޯލްޑް ކްރެޑިޓް ކާޑުގެ ލިމިޓު 750 ޑޮލަރުން 1،500 ޑޮލަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށާއި، ޕްެލެޓިނަމް ކާޑުގެ ލިމިޓު 1،500 ޑޮލރުން 2،000 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އަންނަަނީ ބޭންކުތަކަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކޮށް، މާލީ ނިޒާމުގެ ތެރެއިން ބޭރު ފައިސާއިން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ބީއެމްއެލްގެ ޑެބިޓު ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރާއި، ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރެވޭ މިންވަރު މިހާރުވެސް ބޮޑުކޮށްފައިވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

މިދިޔަ މަހުގެ ނިޔަލަށް ޓީޓީތަކަށް 136 މިލިޔަން ޑޮލަރު

ރާއްޖޭގައި ހުރި މީހެއްގެ ކާޑު ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދައި ދަރިވަރުންނަށް ޚާއްޞަ ކާޑެއް ދެނީ

Igmh

ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވަން ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީއާ އެކު ސޮއިކޮށްފި

Screenshot 2026 04 26

ފުނަގަސްތައް ނުކަނޑަން ނިންމައި، ފްލެޓު ޓަވަރު އެހެން ސަރަޙައްދަކަށް