ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީޑިއާ ކޮމިޝަނަށް މެމްބަރުން ހޯދަން އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލައިފި

Main 20250925 134146 1

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެދިފައިވާ މި ކޮމިޝަނަށް މިހާރު ހޯދަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެމްބަރުންނެވެ.

ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރާނީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޯބަރު 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކުރިމަތިލެވޭނެއެވެ. ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ ޕޯޓް ކޮމްޕްލެކްސްގެ ފަސްވަނަ ފްލޯއަށް ވަޑައިގަންނަވަން ޖެހޭނެއެވެ. ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 14:00 އަށާއި، ހުކުރު ދުވަހު މެންދުރުފަހު 15:00 އިން 17:00 އަށް ފޯމު ބަލައިގަނެވޭނެއެވެ.

ކޮމިޝަނަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވޭ ވޯޓު ނެގުން އޮންނާނީ އޮކްޓޯބަރު 11 ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 16:00 އަށެވެ. މާލޭގައި ބެހެއްޓޭ ވޯޓު ފޮށްޓަށް ވޯޓު ލުމަށް މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ޑްރައިވިން ލައިސަންސް ނުވަތަ ޕާސްޕޯޓު ގެންގުޅުއްވަން ޖެހޭނެއެވެ. ވޯޓު ގުނުން ފެށޭނީ ވޯޓު ނެގުން ނިމޭތާ 30 މިނިޓް ފަހުންނެވެ. އޭގެ ފަހުން ވީ އެންމެ އަވަހަކަށް ރަސްމީ ނަތީޖާ އިއުލާނު ކުރެވޭނެއެވެ.

މީޑިއާ ރެގިއުލޭޝަން ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ނޫސްވެރިންނާއި މީޑިއާ ދާއިރާގެ ބައެއް ފަރާތްތަކުގެ އިހުތިޖާޖުތަކެއްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

media

ޝަރުތުހަމަވާ 41 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި

media

ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް ޝަރުތު ހަމަވީ 41 މީޑިއާ

މީޑިއާ ކޮމިޝަންގެ އެސްޖީ އަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ

މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޞަތު އައްޔަންކުރަން ފާސްކޮށްފި