ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް އިބްރާހިމް މާހިރު އައްޔަން ކުރަން ނިންމައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އިސްގާޒީ މާހިރު އައްޔަންކުރަން ފާސްކުރީ މިއަދު ބޭއްވި ޖޭއެސްސީން ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގަތީވެސް މާހިރަށެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ، މީގެކުރިން އެކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ދެ ބޭފުޅުން ކަމަށްވާ، ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ އާއި ޏ. ފުވައްމުލައް ދޫނޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު އެމަގާމުތަކަށް އައްޔަން ކުރި ނަމަވެސް، މީގެކުރިން ސިޔާސީ މަސައްކަތްތަކެއްގައި ޝަހީދު އުޅުއްވުމުގެ އިތުރުން ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާތީ އަމާޒުވި ގިނަ ބައެއްގެ ފާޑު ކިޔުންތަކާއެކު އޭނާގެ ނަން އަނބުރާ ގެންދިއުމުންނެވެ.

HajjCop_ads
Advertisement

ޖޭއެސްސީން، ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް މާހިރު އައްޔަން ކުރައްވާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގައެވެ. އޭގެ ކުރިން އޭނާ ވަނީ ސިވިލް ކޯޓުގައި ގާޒީގެ މަގާމު އަދާކުރައްވައިފައެވެ. އެއީ 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުން ފެށިގެންނެވެ. މާހިރު، ފެމިލީ ކޯޓުގެ ގާޒީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 2010 ވަނަ އަހަރުގެ މޭ މަހުގެ 23 ވަނަ ދުވަހުގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

Maafushi jalu

ޑްރޯނަކުން ޖަލަށް ޑްރަގު ވައްދަން އުޅުނު މީހާ ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި އިސްލާމް ޓީޗަރު 15 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

high court

ޖިންސީ ގޯނާގެ ތުހުމަތު އޮތް ޓީޗަރަކު ވަޒީފާއިން ވަކިކުރުން ހައިކޯޓުން ދަމަހައްޓައިފި