ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަޒަރުބައިޖާން އެއަރލައިނާއެކު އިންޓަރލައިން ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

STO_Ads
TTH_Ads
Advertisement

ގައުމީ އެއަރލައިން މޯލްޑިވިއަންއިން އަޒަރުބައިޖާން އެއަރލައިނާއެކު އިންޓަރލައިން ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އަޒަރުބައިޖާން އެއަރލައިނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަންއިން ދަތުރުކުރާ ރާއްޖޭގެ 17 މަންޒިލަކަށް ފަސޭހަކާމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އަޒަރުބައިޖާން އެއަރލައިނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ދަތުރުކުރުމުގައި ދިމާވާ ތަކްލީފްތަކަށް ލުއިތަކެއް އަންނާނެކަމަށްވެސް މޯލްޑިވިއަންއިން ބުނެއެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މީގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިތްފަސޭހަ ލުއި ގޮތްތަކެއް ހަމަޖެއްސުންކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

އަޒަރުބައިޖާން އެއަރލައިންގެ ޗީފް ކޮމާޝަލް އޮފިސަރ ޖާމިލް ވިދާޅުވީ، މިއީ އެ އެއަރލައިނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިތްހަމަޖެހުން ލިބިގެންދާނެކަމެއްކަމަށެވެ.

އަޒަރުބައިޖާން އެއަރލައިންއަކީ އެ ޤައުމުގެ ގައުމީ އެއަރލައިނެވެ. އަޒަރުބައިޖާން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ މިދިޔަ ނޮވެމްބަރުމަހުގައެވެ. އެ އެއަރލައިނުން ދަނީ ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރަމުންނެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

maldivian

އުތުރުގެ ތިން އަތޮޅެއް ވައިގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

maldivian

މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު އިތުރު 2 ބޯޓު ގެންނަނީ

އައިޓީބީ ޗައިނާ 2026: މޯލްޑިވިއަނުން ކާމިޔާބު މަސައްކަތެއް

Maldivian

މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު މި އަހަރުގެ ފަހުކޮޅު ގެންނަނީ