ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަފާތު ތުހުމަތުތައް އަޅުވައި، އިސްރާއީލުން “ގްލޯބަލް ސުމުދް ފްލޮޓިލާ” އަށް އިންޒާރުތައް ދެނީ

“ގްލޯބަލް ސުމުދް ފްލޮޓިލާ” ޓިއުނީޝިއާއިން ފުރުމުގެ ކުރިން:
STO_Ads
TTH_Ads
Advertisement

ތަފާތު ތުހުމަތުތައް އަޅުވައި، ޣައްޒާގެ ހިސާރު ފޫއަޅުވާލަން އަންނަ “ގްލޯބަލް ސުމުދް ފްލޮޓިލާ” ކަނޑުމަތީގެ ގާފިލާ އިސްތިއުމާރީ އިސްރާއީލުން ނުރައްކާތެރި އިންޒާރުތަކެއް ދޭން ފަށައިފިއެވެ.

އިސްރާއީލުގެ ޚާރިޖިއްޔާއިން މިއަދު ބުނެފައިވަނީ، ޣައްޒާ ކަނޑުމަގުން ބަންދުކޮށްފައި އޮތް އޮތުން ފޫއަޅުވާލަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނޭ ކަމަށެވެ.

ހަމަ އެއާއެކު ބުނެފައިވަނީ، ފްލޮޓިލާއިން އިންސާނީ އެހީ ފޯރުކޮށްދިނުމަކީ ހަމާސްގެ މަގުސަދުތައް ހާސިލްކުރުމަށް ދެވޭ އެހީތެރިކަމެއް ކަމަށެވެ.

HajjCop_ads
Advertisement

މިހާރު އަންގަމުން ގެންދަނީ، ފްލޮޓިލާގައި ގެންނަ އެހީގެ ސާމާނު އިސްރާއީލުގެ އެޝްކެލޮން ބަނދަރަށް ބޭލުމަށެވެ.

ހަމާސްގެ ނަން ގެނެސް، ފްލޮޓިލާއާއި ހަމާސްއާ ގުޅުވައި އިސްރާއީލުގެ ވެރިންނާއި، އަސްކަރިއްޔާއިން އެތައް ތުހުމަތުތަކެއް ކުރަމުން ގެންދެއެވެ.

އެގޮތުން ބުނަމުން ގެންދަނީ، އެއީ “ޓެރަރިސްޓުންގެ” ހިމާޔަތަށް އަންނަ ބައެއް ކަމަށާއި، ސީދާ ހަމާސްގެ ގޮވާލުމަށް އިޖާބަދީ އަންނަ ބައެއް ކަމަށެވެ.

މިފަދަ ސާބިތު ނުހިފޭ ތުހުމަތުތަކާއެކު، “ގްލޯބަލް ސުމުދް ފްލޮޓިލާ” އިންތިޒާމުކުރާ ފަރާތުން ބުނަނީ، މިއީ ބޯޓުތަކަށް ހަމަލާދީ، އެކްޓިވިސްޓުން ހައްޔަރު ކުރުމަށް އިސްރާއީލުން އުފައްދަމުން ގެންދާ ހުއްޖަތްތަކެއް ކަމަށެވެ.

މީގެކުރިންވެސް ޣައްޒާގެ ހިސާރު ފޫއަޅުވާލަން ދިޔަ ހުރިހާ ބޯޓަކަށް، އިސްރާއީލު ސިފައިންވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ހަމަލާދީފައެވެ. މިފަހަރުވެސް އެކަން އެގޮތަށް ކުރާނެ ކަމަށް ދަނީ ބެލެވެމުންނެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާއިން ދުނިޔެއަށް އިލްތިމާސް ކުރަމުން ގެންދަނީ، އެ ގާފިލާއާއި، އަދި ބައިވެރިންގެ ސަލާމަތާމެދު ވަރަށް ބޮޑަށް ލޯހުޅުވައިގެން ތިބުމަށެވެ.

އަދި ގާފިލާގައި ހިމެނޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުތަކަށް ޑިމާންޑްކުރަން ދުނިޔޭގެ އެންމެނަށް ބައިވެރިން ގެންދަނީ ގޮވާލަމުންނެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާ މިހާރުވަނީ ގާތްގަނޑަކަށް ޣައްޒާއާ 715 ވަރަކަށް މޭލަށް ގާތްވެފައެވެ.

ގާފިލާގައި މިވަގުތު ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ 37 ބޯޓު ދަތުރުކުރަމުން ދާއިރު، ގާފިލާއާ ގުޅުމަށް ގްރީސްއިން މިއަދުވަނީ އިތުރު 6 ބޯޓު ފުރާފައެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާއަށް ފާރަލުމާއި، ގާފިލާގައި ހިމެނޭ ބޯޓުތަކުގެ މަތިން ޑްރޯން އުދުހުން އިތުރުވަމުންދާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

މި ގާފިލާގައި މިހާރުވެސް ތިރީސް ހާހަށްވުރެ ގިނަ މީހުން ދަތުރުކުރަމުން ދާއިރު، އެމީހުން 44 ގައުމަކަށް ނިސްބަތްވެއެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާގެ ދަތުރާ މީހުންގެ ތެރޭގައި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، ޑޮކްޓަރުންނާއި، އާޓިސްޓުންނާއި، ގާނޫނީ އެތައް ވަކީލުންވެސް ހިމެނެއެވެ.

އެމީހުންގެ އަތުގައި “ހަތިޔާރުގެގޮތުގައި” ހުރީ ކާބޯތަކެއްޗާއި، ބޭހާއި، އިންސާނީ އެހީގެ އެނޫންވެސް ސާމާނެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާ، އިސްތިއުމާރީ އިސްރާއީލުން، ޣައިރުގާނޫނީގޮތުން އެއްގަމާއި، ވަޔާއި އަދި ކަނޑުމަގުން ބަންދުކޮށް ހިސާރުކޮށްފައި އޮންނަތާ 18 އަހަރު ވެއްޖެއެވެ.

އިސްރާއީލުން ޣައްޒާ ހިސާރުކުރީ، 2007 ވަނަ އަހަރު ޣައްޒާގައި ހަމާސްއިން ވަކި ވެރިކަމެއް ކުރާން ފެށުމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަހުމަދު.ވާފިރު.މުރިނގު.ރ.ރަސްމާދޫ
މާތް.ﷲ.ތިގާފިލާއައްރައްކާތެރިކަމާއިއަމާންތެރިކަންމިންވަރުކުރައްވަވާށި.އާމީން

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި