ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

TTH_Ads
STO_Ads
Advertisement

ފެލިދެއަތޮޅު އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ވ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފެލިދެއަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފެލިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ވ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި އިމާރާތް އަޅަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.

HajjCop_ads
MMA_Ads
Advertisement

ވ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކުރެއްވި އެމްޓީސީސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.

މިމަޝްރޫޢުގެ ދަށުނ،ް 7147 އަކަފޫޓުގެ އެކޮމޮޑޭޝަން ބޮލްކަކާއި 2563 އަކަފޫޓުގެ ސަރވިސް ސެންޓަރަކާއ،ި 76,175 އަކަފޫޓުގެ ހެލްތު ސެންޓަރ ބްލޮކެއް ހިމެނޭހެނ،ް 37 އެނދު އެކުލެވޭ އިމާރާތެއް ބިނާކުރެވޭނެއެވެ. މީގެ އިތުރުން ބިންގަނޑު ކޮނެ ލެވެލްކުރުމާއި ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއި ތަށިމުށި ޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރެވޭނެއެވެ.

މިމަޝްރޫޢު އެމްޓީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 105.36 މިލިޔަން ރުފިޔާއަށެވެ.

696 މީހުންގެ އާބާދީއެއް އޮންނަ ފެލިދޫއަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމުމުން ވ .އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން
ފެލިދޫއާއި ވ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުން މާލެއަށް ބޭސްފަރުވާއަށް ކުރަން ޖެހޭ ދަތުރުތައް މަދުވ،ެ ސިއްޙީގޮތުންނާއި މާލީ ގޮތުންވެސް ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު މަރުހަލާއެއްގައެވެ. މިކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Boduthakurufaanu magu

މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫޢު ކުރިޔަށް ގެންދަނީ މައިގަނޑު ތިން މަޤްޞަދެއް ހާސިލްކުރުމަށް: ރައީސް

WhatsApp Image 2026 06 24 at 17.45.13

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ބުދަ ދުވަހު ފަށަނީ

Screenshot 2026 06 24

އެމްޓީސީސީގެ ޗެއަރޕާރސަންގެ މަޤާމަށް ސަޢާދާ އިބްރާހިމް އައްޔަނުކޮށްފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢު ނިންމުމާ ގާތަށް