ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލީ ދަތިތަކުން އަރައިގަތުމަށް ޗައިނާގެ ފުރިހަމަ އެހީތެރިކަން ރާއްޖެއަށް ލިބޭނެ: ސަފީރު

Mal
ޗައިނާ ސަފީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ — ފޮޓޯ: ދިޔަރެސް
STO_Ads
TTH_Ads
Advertisement

ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަފީރު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ޗައިނާއިން އެހީވުމަށް ދިވެހި ސަރުކާރާއެކު ރޭވުންތަކެއް ރާވަމުންދާ ކަމަށެވެ. އެގޮތުން މިކަމުގެ ކަރުދާސް މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއަށް އެހީދިނުމަށް ނިންމާފައިވަނީ އިތުރު މާލީ ބުރައެއް ރާއްޖެއަށް އުފުލަންނުޖެހޭނެ ގޮތަށް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ދުރު ރާސްތާއެއްގައި ލޯނުތައްވެސް ދެއްކޭނެ ފަދަ ލުއި އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދަނީ” ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅަން ވެސް ވަނީ ނިންމާފައެވެ. އެ ހޮސްޕިޓަލް އެޅުމަށްޓަކައި ވިލިމާލެ ހޮސްޕިޓަލް ހުސްކޮށް ވަގުތީގޮތުން އެހެން އިމާރާތެއްގައި ހިދުމަތް ދޭން ވަނީ ފަށާފައެވެ.

ސަފީރު ވިދާޅުވީ ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ ޑިޒައިން ބިޑިން މަރުޙަލާއަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މީގެއިތުރުން ވިލިމާލެއާއި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަހު ތައްޔާރީތައް ކުރިއަށްދާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫޢުގެ އޮން-ސައިޓް ފީސިބިލިޓީ ސްޓަޑީ ނިމިފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

Io

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ޚާއްސަ ޓީމެއް ފުރައިފި

ޗައިނާ ސަފީރު، މަޖިލީހުގެ ނާއިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ފެށުމަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެ