ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާމިޔާބު ބަޔަކީ ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުން: ޚުތުބާ

hukuru khuthuba

ނަމާދު ކުރަން ޖެހޭނީ ޚުޝޫޢަތްތެރިވެ ތިބެގެން ކަމަށާއި، ފަރުވާ ކުޑަކޮށް، ޣާފިލުވެ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތް ކަމަށާއި، ކާމިޔާބުވާނޭ ބަޔަކީ ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނެފައިވަނީ އީމާންވުމަށް ފަހު އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދު ކަމަށެވެ. ނަމާދަކީ ދީނުގެ ތަނބު ކަމަށެވެ. އަދި ގިޔާމަތް ދުވަހު ހިސާބު ބެއްލެވޭ ހިނދު ޚުޝޫޢަތްތެރިކަމާއެކު ނަމާދު އަދާކޮށްފައި ހުރުން ނުހަނު މުހިންމު ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ނަމާދު ކުރަން ޖެހޭނީ ދެއްކުންތެރިކަމެއްނެތި، މަޑުމައިތިރިކަމާއެކު ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ފަރުވާކުޑަކޮށް، އާދަކާދައިގެ މަތިން ކޮށްލާ ކަމެއްނަމަ، އެ ނަމާދެއް ގަބޫލެއް ނުކުރައްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވާ ގޮތުގައި، ކާމިޔާބުވާނޭ ބަޔަކީ ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުންނެވެ. އަދި އެގޮތަށް ނަމާދު ކުރާ މީހުންނަށް އުޚުރަވީ ހަޔާތުގައި ލިބޭނޭ ސަވާބާއި ދަރުމައިގެ އިތުރަށް، ދުންޔަވީ އަމަލުތައް ހެޔޮވެ، ޞާލިޙުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ނުބައި މުންކަރާތްތަކާއި، ފާފަތަކުން އެ މީހާ ރައްކާތެރިކޮށްދޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ނަމަވެސް ނަމާދުކޮށް އުޅޭ މީހުންގެ ތެރޭގައި ނުބައި އަމަލުތައް ކުރާ މީހުން މަދެއް ނޫންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މިއީ އަމިއްލަ ނަފުސާ ސުވާލުކުރާންޖެހޭ ކަމެއް ކަމަށާއި، ނަމާދު ކުރެވެނީ ޚުޝޫޢަތްތެރިކަމާއެކުގައިތޯ ސުވާލު ކުރަންޖެހޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru namaadu

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް: ޚުޠުބާ

khuthubaa hukuru

އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ ނުހަނު ބާރުއަޅުއްވައިފައިވާ ކަމެއް: ޚުޠުބާ

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ

hukuru khuthuba

ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް: ޚުތުބާ