ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ނިންމެވުމުގެ ސަބަބުން ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓް

Mal
STO_Ads
TTH_Ads
Advertisement

ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ބްލޮކް ގްރާންޓް ދޭން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދުމަށް ފަސޭހަވެ، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.

ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރައްވާ، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށް، ރައީސް މުއިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުއްވުމަށް ކެބިނެޓުގައި މަޝްވަރާކުރައްވައި ނިންމެވި ނިންމެވުމަށް އުފާކޮށް މަރުޙަބާ ދަންނަވާކަމަށެވެ.

HajjCop_ads
Advertisement

މި ނިންމެވުމަކީ ދެމެހެއްޓެނިވި ނިންމެވުމަކަށް ހެއްދެވުމަށްޓަކައި ޤާނޫނީ ބާރުވެރިކަން ލިބިދެއްވުމުގެ މަސައްކަތް ފައްޓަވާފައިވާތީ، ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ނަމުގައި ރައީސް ޑރ. މުޢިއްޒަށް ސުޕްރީމް ކޯޓުން ވަނީ ޝުކުރު ދަންނަވާފަ އެވެ.

ރައީސްގެ މި ނިންމެވުން ހިމެނިގެންދާނީ ޖުޑީޝަރީ ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓެވުމަށް ނިންމެވި ތާރީޚީ މުހިންމު ނިންމެވުމެއް ކަމުގައި ދެކޭކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ. އަދި މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދުމަށް ފަސޭހަވެ، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އެ ކޯޓުން ވަނީ ބުންޏެވެ.

MWSC_ads
Advertisement
STO_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC

ސުޕްރީމް ކޯޓްގެ ނިންމުމަށް ކޮންގްރެސް ޕާޓީން މަރުޙަބާ ކިޔައިފި

supreme court

ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ޞައްޙަ: ސުޕްރީމް ކޯޓު

supreme curt

މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެކަމަށް ނިންމައިފި

Supreme Court

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑީގެ މައްސަލަ: ހުކުމް އިއްވުން ބުދަ ދުވަހު