ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށަނީ

gedoru veriya

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ނިންމައިފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް އެ ކުންފުނީގެ ފަހި ޕޯޓަލުން މާދަމާ ފެށުމަށް ހަމަޖެފައިވާ ކަމަށާއި އެ ފޯޓަލް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ތަޅުދަނޑު ހަވާލުކުރުމަށް ތާވަލުކުރަމުންދާނެ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރު ކަމަށާއި ޓަވަރުތައް ހަވާލުކުރާ އިރު، އެ ޓަވަރުތަކުގައި ފެނާއި ކަރަންޓާއި އަދި ނަރުދަމާ ނިޒާމު ފުރިހަމަވެފައި ހުންނާނެ ކަމަށް އެފްޑީސީން ބުންޏެވެ.

އެ ހައުސިން ޔުނިޓުތަކުގެ ތެރެއިން އެފްޑީސީން ވަނީ މިހާތަނަށް 3000 އަށްވުރެ ގިނަ ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި މިހާރު އެ ކުންފުނިން ދަނީ ޔުނިޓުތައް ހަވާލުކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އެފްޑީސީން ބުނީ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ޑިޕޮސިޓް ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށާއި ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށްފަހު ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޔުނިޓު ލިބުނު ފަރާތްތަކާ ޔުނިޓު ހަވާލުކުރުން ކަމަށް އެފްޑީސީން ބުންޏެވެ.

އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް އެ ޔުނިޓުތަކުން ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ޖޫން މަހުގެ 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވެފައިވަނީ، ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: ހަމްދާން

އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

މަސްވެރީންނާއި ޓޫރިޒަމް މުވައްޒިފުންނާއި ޓެކްސީ ޑްރައިވަރުންނަށް 350 ފްލެޓް ކަނޑައަޅައިފި

ކުރީ ސަރުކާރުން ފްލެޓް އަތުލާފައި ތިބި ފަރާތްތަކަށް 500 ފްލެޓް ކަނޑައަޅައިފި

TTH_advertisement