ކުއްލި ޚަބަރު

ނައިފަރު ގުރުއާން ހިތުދަސްކުރާ މަރުކަޒު ހުޅުވައިފި

ޕެންޝަން އޮފީހުގެ ބަސް: 2.4 ބިލިޔަން ރުފިޔާގެ ބޮންޑު އިންވެސްޓްކުރުމަށް ނިންމާފައިވަނީ އެއްވެސް ގެއްލުން ނުވާނެ ގޮތަށް

ކުޑަކުއްޖަކު ލައްވައި ކުށްކުރުވި ދެ މީހަކު ހައްޔަރުކޮށްފި

ޤައުމީ ޓީމަށް އެއަރޕޯޓުން ހޫނު މަރުޙަބާއެއް

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ފަޚުރުވެރި ކާމިޔާބީ ހޯދި ރާއްޖޭގެ ގައުމީ ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ތައްޓާއިއެކު ޤައުމީ ޓީމު ރާއްޖެ އައުމުން އެއާޕޯޓުން މަރުޙަބާ ދެންނެވީ، ކުޅިވަރު ވުޒާރާގެ އިސްބޭފުޅުންނާއި، ކުޅިވަރު އާއިލާގެ ބޭފުޅުންނެވެ. އެއާޕޯޓުން މަރުޙަބާ ދެންނެވުމަށް، ކަމިޝަނާ އޮފް ސްޕޯޓް މުޙައްމަދު ތޮލާލްލާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިޤާއި، އެފްއޭއެމްއާއި، މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ޤައުމީ ޓީމަށް މަރުޙަބާ ކިޔުމުގެ ޚާއްސަ އައިޓަމެއްވެސް އެއަރޕޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ޤައުމީ ޓީމަށް ރަސްމީކޮށް މަރުޙަބާ ކިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު، 3:45 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ. މި ހަފްލާއަށް ވީހާވެސް ގިނަ ސަޕޯޓަރުން ރަތް ކުލައިގެ ހެދުމުގައި ގަލޮޅު ދަނޑަށް އައުމަށް ކުޅިވަރު ވުޒާރާއިން ވަނީ ހުރިހާ ރައްޔިތުންނަށް ދައުވަތުދީފައެވެ.

ސްރީލަންކާ އަތުން ހޯދި ބޮޑު މޮޅާއެކު ރާއްޖެއިން އުފުލާލި ސުޕަ ކަޕް ޓްރޮޕީއާއި އެކު ފޮޓޯ ނެގުމާއި، ޤައުމީ ޓީމު ކުޅުންތެރިންނާއެކު ފޮޓޯ ނެގުން އަދި އުފާވެރި ވަގުތުކޮޅެއް ޓީމާއެކު ހޭދަކޮށްލުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.

ޤައުމީ ޓީމަށް ހޯދި ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ މަރުޙަބާ ދަންނަވާފައެވެ. ޤައުމީ ޓީމަށް ސާބަސް ދެއްވައި ރައީސުލް ޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވާކަމަށެވެ.

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިއަދު ހަވީރު ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤައުމީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާރޭ، މަރުޙަބާ ކިއުމަށް ޚާއްސަ ހަރަކާތްތަކެއް

ދެއަހަރު ފަހުން ގަލޮޅު ދަނޑުގައި ދިވެހި ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

ޤައުމީ ޓީމަށް ރައީސް މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި

ސާފް ޗެމްޕިއަންޝިޕަށް 19 އަހަރުން ދަށުގެ ގައުމީ ޓީމު ފުރައިފި

TTH_advertisement