ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަތަރު ގައުމަކާ އެކު ދިފާއީ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

Mal

ހަތަރު ގައުމަކާ އެކު ދިފާއީ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ ޕާކިސްތާން، ސަޢުދީ އަރަބިޔާ، ޖަޕާނު އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ކުރެއްވި މަޝްވަރާގައެވެ.

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ނިޒާމްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނެވެ.

އަދި އިސްލާމީ އުންމަތުގެ ދިފާޢުގައި ޓެރަރިޒަމާ ދެކޮޅަށް ސަޢޫދީ ސަރުކާރުން އަދާކުރައްވަމުންދާ ހަރުދަނާ ދައުރު ފާހަގަކުރައްވައި، އެކަމަށްޓަކައި ސަޢޫދީ ސަރުކާރަށް ދިފާޢީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނުގެ އަރިހަށް އިޙްތިރާމްގެ ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.

އަދި ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމުގެ ދަށުން ރާއްޖޭގައި ހިންގަމުން އަންނަ އެކި މަޝްރޫޢުތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ދިފާޢީ ވަޒީރު، ޖަޕާނުގެ ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ.

ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު،ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނުގެ އަރިހަށް އިޙްތިރާމްގެ ކުރެއްވި ޒިޔާރަތުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކޮށްފައިވާ “ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޫޕަރޭޓިވް ޕާރޓްނަރޝިޕް”ގެ ދަށުން ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 22 at 16.33.43

މިނިސްޓަރު ޣައްސާން ދެއްވި ޔަގީންކަން: ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެންމެ އިންޗިއެއްވެސް ބަޔަކަށް ނުދޭނެ

Ghassan

ވަޢުދާ އެއްގޮތަށް މިނިވަން ޑިމޮކްރެޓިކް މާހައުލެއް ރައީސް ދަނީ ދަމަހައްޓަވަމުން: ޣައްސާން

ނަފްސަށްވުރެ ދިވެހިޤައުމު އިސްކުރުމަށް ދިފާޢީ ވަޒީރު ސިފައިންނަށް އިލްތިމާސްކުރައްވައިފި

ދިފާޢީ ބާރު ވަރުގަދަ ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް، ޣައްސާންގެ ތަޢުރީފު