ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާގެ ފެއާއެއްގައި މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓުކުރަނީ

112

ޗައިނާ އިންޓަނޭޝަނަލް ފެއާ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް (ސިފިޓް 25) ގައި މިފްކޯއިން ބައިވެރިވެ، އެ ކުންފުނީގެ އުފެއްދުންތައް ޕްރޮމޯޓުކޮށްފިއެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ފެއާ ކުރިއަށްދަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޗައިނާގެ ފުޖިޔަން ޕްރޮވިންސްގެ ޒިޔަމިން ސިޓީގައި ކަމަށެވެ.

މިފްކޯއިން ބުނި ގޮތުގައި މި ފެއާގައި މިފްކޯގެ ސްޓޯލެއް ބަހައްޓައި މިފްކޯގެ އުފެއްދުންތައް ދަނީ ޕްރޮމޯޓު ކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން މިފްކޯގެ ޖެނެރަލް މެނޭޖާ ލޯކަލް ސޭލްސް އެންޑް މާކެޓިން އާއިޝަތު ރިޔާޒާ ވިދާޅުވި ގޮތުގައި މިފްކޯގެ ތަފާތު އުފެއްދުންތައް މި ފެއާގައި ދައްކާލާނެއެވެ. އަދި ފެއާއަށް ޒިޔާރަތްކުރާ މީހުންނަށް މި އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފެއާގައި މިފްކޯއިން ބައިވެރިވުމުގެ މަގުސަދަކީ މިފްކޯގެ ވިޔަފާރި، ބައިނަލްއަގްވާމީ މާކެޓުތަކަށް ފުޅާކުރުންކަން ރިޔާޒާ ފާހަގަކުރެއްވިއެވެ. އަދި ބޭނުމަކީ ޗައިނާގެ މާކެޓުތަކަށް މިފްކޯގެ ވިޔަފާރި ތައާރަފުކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާގައި ކުރިއަށްދާ މި ފެއާގައި މިފްކޯއިން ބައިވެރިވެފައިވާއިރު، މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާގައި ވެސް މިފްކޯއިން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ވިޔަފާރީގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން “ޖެޓްރޯ” އާއެކު މިފްކޯ އިން މަޝްވަރާކޮށްފި

Oo

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާ އަޅައި މި އަހަރު ޚިދުމަތް ދޭން ފަށަނީ

“ރަންވަރު ފަސްމީރު” ނަމުގައި މިފްކޯގެ އައު 5 އުފެއްދުމެއް ބާޒާރަށް

2

މިފްކޯއިން 10 ކިލޯގެ ކުދި ކަންނެލި ގަންނަން ފަށައިފި