ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާއަޅައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. އެކުންފުނީގެ ތާރީޚުގައި މުހިންމު މަރުހަލާއެއް ފަށައިގަތުމުގެ ގޮތުން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.

އައު އޮފީސް އިމާރާތް އަޅަނީ ކުރިންވެސް އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފީސް ހިންގި، މާފަންނު ކޮޅު މަޖީދީމަގާއި ބޮޑުތަކުރުފާނު ގުޅޭ ކަންމަތިގައި އޮންނަ އެކުންފުނީގެ ބިމެއްކަމުގައިވާ ރާވެރިގެ ޕްލޮޓުގައެވެ. އައު އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ރަސްމިއްޔާތުގައި އެކުންފުނީގެ ބޯޑު މެމްބަރުންނާއި، މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިލްޔާސްއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް އަދި ކުންފުނީގެ ބޯޑު މެމްބަރުންނެވެ.

HajjCop_ads
Advertisement

އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، މިއީ އެކުންފުނީގެ ތާރީޚުގައި ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި، މި މިއީ 25 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުންއައި ދުވަހެއް ކަމަށެވެ. މިވަގުތު އެ ކުންފުނީގެ އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މާލޭގެ 5 އިމާރާތެއްގައި މަސައްކަތްކުރާތީ، އެކަމަށް ކުންފުނިން ވަރަށް ބޮޑު ޚަރަދެއް ކުލީގެ ގޮތުގައި ދައްކަންޖެހޭކަމަށް އެކުންފުނިން ފާހަގަކުރެއްވިއެވެ.

އެހެންކަމުން އައު އޮފީސް އިމާރާތާއެކު މާލޭގައި ހިންގާ ޑިޕާޓްމަންޓުތައް، އަދި އެއަރޕޯޓުގައި ޤާއިމްކުރެވިފައިވާ ބައެއް ޑިޕާޓްމެންޓުތައްވެސް އެއް ފުރާޅެއްގެ ދަށަށް ގެނެވި، މާލީ ގޮތުން ކުންފުންޏަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެކަުގެ ޔަޤީންކަން އެބައޮތް ކަމަށް އައިލެންޑް އޭވިއޭޝަނުން ފާހަގަކުރެއްވިއެވެ.

އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާއެވެ. އެކުންފުންޏާއެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ބިނާކުރެވޭ މި އިމާރާތުގެ ބިމުގެ ބޮޑުމިނަކީ 4745 އަކަފޫޓެވެ.

މީގެ އިތުރުން، މި އިމާރާތުގައި ބޭސްމެންޓް ހިމެނޭހެން ޖުމްލަ 12 ފަންގިފިލާއެއް ހުންނާނެއެވެ. އަދި އިމާރާތުގެ ބޭސްމެންޓް ޚާއްސަކުރެވިފައިވަނީ މުވައްޒަފުންގެ ޕާކިންގއަށް ކަމަށާއި، ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވިގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއްވައެވެ.

ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމްކުރެވި ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް މި އިމާރާތް ވެގެންދާނެކަމަށާއި، އަމާޒަކީ މިއަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެކުންފުނިން ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

700266931 1426164966205979 5314635858838116995 n

މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އޮސްޓްރޭލިއާގެ މެލްބަންއަށް ފަށަނީ

Maldivian

އަލަށް ގެންނަ ސީޕްލޭންތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުޞަތު ފަހިވާނެ: މޯލްޑިވިއަން

Maldivian

ގައުމީ އެއާލައިން މޯލްޑިވިއަންއިން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ނިންމައިފި

WhatsApp Image 2026 08 16 at 19.31.51

މޯލްޑިވިއަނުން ދަތުރުވެރިންނަށް އިތުރު ފަސޭހަތަކާއެކު “ޖާނީޕްލަސް” ހިދުމަތް ތައާރަފުކޮށްފި