ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފި

STO_Ads
TTH_Ads
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކުރުމަށް ޝީޓް ޕައިލްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފިއެވެ.

މިމަސައްކަތުގެ ދަށުން 132 މީޓަރުގެ ސަރަޙައްދެއްގައިވަނީ ޝީޓްޕައިލް ކޮށްފައެވެ.

އެމްޓީސީސީން ވިދާޅުވީ ދެން ކުރިއަށްދާނީ މަގު ފުޅާކުރާ ސަރަޙައްދަށް ވެލި އަޅައި، އެ ސަރަޙައްދު ހިއްކުމުގެ މަސައްކަތްކަމަށެވެ. އަދި ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަކީ ތޮއްޖެހުން ކުޑަކޮށް އަދި މަގު ބޭނުންކުރާ މީހުންނަށް ލުއިފަސޭހަ ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކުރަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ. މިމަސައްކަތުގެތެރޭގައި ފެން ހިއްދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީވެ ނިމޭއިރު، ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭނެއެވެ.

އެމްޓީސީސީން ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ފަށާފައިވާ ސަރަޙައްދުގެ މަސައްކަތް އޮކްޓޯބަރުމަހުގެ ތެރޭގައި މުޅިން ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިމަޝްރޫޢުގެ ދަށުން މާލެ މާރުކޭޓު ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ މަގު ތަރައްޤީކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އެއީ 830 މީޓަރުގެ ސަރަޙައްދެކެވެ. މީގެ ތެރެއިން 737 މީޓަރުގައި އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރާނެއެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

މިއީ މާލޭގައި އެންމެ ކާރުބާރުބޮޑު އެއް ސަރަޙައްދެވެ. އަދި މިއީ މާލެއަށް އަރައި ފައިބާ މީހުން ބޭނުންކުރާ މައި ބަނދަރު ހިމެނޭ ސަރަޙައްދުގެ އިތުރުން ގިނަ އޮފީސްތައްވެސް ހިމެނޭ ސަރަޙައްދެކެވެ. އަދި މާލޭގެ މަލަމަތި ފެންނަ މައި ސަރަޙައްދަކީވެސް މިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮމަދޫ ބަނދަރުގައި ބޮޑުހިލާ ޖެހުމާއި، އެއްގަމު ތޮށީގެ މަސައްކަތް ކުރިއަށް

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ